Roadha Mihaaru

އެންދަމަން ފޭބި މީހަކު މަރުވެއްޖެ

މަސްވެރިކަމަށް އެންދަމަން އުޅުނު ނ. މާޅެންދޫ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެންދަމަން ފޭބި މީހަކު މަރުވެއްޖެ
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

27 ސެޕްޓެމްބަރ 2020

މަސްވެރިކަމަށް އެންދަމަން އުޅުނު ނ. މާޅެންދޫ މީހަކު މިއަދު މަރުވެއްޖެ އެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހު މޫސާ "މިހާރު" އަށް ވިދާޅުވީ މަރުވީ އަބްދުއްރަޝީދު އަބްދުލްޣަފޫރު، 56، ކަމަށެވެ. ކައުންސިލުން ބުނީ މަސްދޯނީގައި އެން ދަމަން ގޮސް އުޅުނީ މާލެ އަތޮޅު ކަނޑުއޮތްގިރި ކައިރިއަށް ކަމަށެވެ.

އެ މީހާ އެން ދަމަން ފައިބައިގެން އުޅެނިކޮށް ހާލު ދެރަވާ ގޮތް ވެގެން އޭނާ ނެގީ ކަމަށާއި މަރުވީ ނެގި ފަހުން ކަމަށް ކައުންސިލުން ބުންޏެވެ. އޭނާ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ބުންޏެވެ.

ޑައިވިންއަށް ދިޔަ މީހަކު މިދިޔަ ހަފްތާގައި ވެސް ވަނީ މަރުވެފަ އެވެ.