ޓޫރިޒަމް ދާއިރާގެ މަންފާ ރާއްޖެއަށް ކުރާނީ ދާއިރާގެ ވެރިންގެ ގޮތުގައި ދިވެހިން ތިބެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެެ.
28 ސެޕްޓެމްބަރ 2020
ޓޫރިޒަމް ދާއިރާގެ މަންފާ ރާއްޖެއަށް ކުރާނީ ދާއިރާގެ ވެރިންގެ ގޮތުގައި ދިވެހިން ތިބެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެެ.
ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާން ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކާއި އެޖެންޑާ 19 އާ ލާމެހިފައިވާ ޝިއާރެއް ކަމަށެވެ. އެހެންކަމުން އެ ޝިއާރާ އެއްގޮތަށް މަސައްކަތްތައް ބައްޓަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ރޫރަލް ޑެވެލޮޕްމަންޓު" (ފަތުރުވެރިކަމާއި، ރަށްފުށު ތަރައްގީ) އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމުން މަންފާ ހޯދުމަށް ދާއިރާގެ ވެރިންނަށް ރައްޔިތުން ވާނީ އަދާކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ލިބިގެން ކަމަށެވެ. އަދި އަންހެނުންގެ ބައިވެރިވުން ކުރިއަށްވުރެ ބޮޑުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގެސްޓުހައުސްތަކާއި ހޮޓާތައް ފައިދާ ލިބޭ ތަންތަނުގެ ގޮތުގައި ހިންގައިގެންނާއި ދާއިރާއާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން، ޓޫރިޒަމްގެ ފައިދާ ފުރިހަމަ ގޮތުގައި ދިވެހިންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތް ދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގެން. މީގެ އިތުރުން ދަނޑުވެރިންނާއި މަސްވެރިންނާއި ފަންނުވެރިންނާއި ފަންނާނުންގެ ބައިވެރިވުން އިންޑަސްޓްރީގައި އޮތުމަށް ޖާގަ ލިބިގެން." މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ބޯޑަރު ހުޅުވި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ރައީސްގެ ހިތްވަރުގަދަ މުހިންމު ނިންމުމެއް ކަމަށާއި އަންނަ އަހަރަށް މަރުހަބާ ކިޔާނީ ޓޫރިޒަމް ދާއިރާއިން ކުރިއެރުންތަކާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ ތައާރަފު ކުރި ބޯޑާ މައިލްސް ޕްރޮގްރާމަކީ ރާއްޖެއަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އިމިގްރޭޝަނާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނަލް ޕްރޮގްރާމެކެވެ.
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
އިގްތިސާދީ ކާރިސާގެ ބޮޑުބައި ހިނގައްޖެ: މައުސޫމް
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
އޭރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ދެގުނަ އިތުރުކޮށްފި
ހަނގުރާމައާ ހެދި ޓޫރިޒަމް ދާއިރާ 11 ޕަސެންޓް ދަށަށް
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ޔޫކްރެއިންގެ ހަނގުރާމަ: ޓޫރިޒަމަށް ބިރުބޮޑު!