28 ސެޕްޓެމްބަރ 2020
މައުލޫމާތަކީ މި ޒަމާނުގައި އެންމެ ބާރުގަދަ ހަތިޔާރު ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
މައުލޫމާތަކީ މި ޒަމާނުގައި އެންމެ ބާރުގަދަ ހަތިޔާރު ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ އާ ވެބްސައިޓް ލޯންޗްކުރަން އޮންލައިންކޮށް ބޭއްވި ހަފުލާގައި، މިއަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސްކަން ފާހަގަކުރައްވައި، ރިފްއަތު ވިދާޅުވީ މައުލޫމާތަކީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއްގެ ބިންގާ ކަމަށެވެ. އެއީ އަސާސީ ހައްގެއްގެ އިތުރުން މި ޒަމާނުގައި އެއީ ބޮޑު ރައުސުލްމާލު ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންފޮމޭޝަން ޓެކްލޮނޮޖީގެ މި ޒަމާނުގައި މައުލޫމާތަކީ އެންމެ ބޮޑު ރައުސުލްމާލު އަދި އެންމެ ބާރުގަދަ ހަތިޔާރު ވެސް މެ،" ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބިދޭ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ބޭނުން ކުރަން ޖެހެނީ ފަރުދުންނާއި ގައުމީ މަސްލަހަތުގަ އެވެ. އަދިި އޭޖީ އޮފީހަކީ ޖިނާއީ ނޫން މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާ ފަރާތަށް ވާތީ ދައުލަތުގެ މަސްލަހަތުގައި ސިއްރު ހިފަހައްޓަންޖެހޭ ހާލަތްތަކެއް އަޔަސް، އާންމު މަސްލަހަތަށް ރިއާޔަތްކޮށް ހާމަކުރަންޖެހޭ މައުލޫމާތުތައް އެ އޮފީހުން ހާމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރަމުން މި ގެންދަނީ އެއް ކަމަކަށް ހާމަކަން އިތުރު ކުރުމަށްޓަކައި. އަނެއް ކަމަކަށް ޖަވާބުދާރީވުން ހަރުދަނާ ކުރުމަށްޓަކައި،" ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ އޭޖީ އޮފީހުގެ މަސައްކަތްތަކާއި ދޭ ޚިދުމަތްތަކުގެ އިތުރުން އިދާރީ ހިންގުމުގެ އުސޫލުތައް ފަސޭހައިން ލިބޭ ގޮތް އާ ވެބްސައިޓާ އެކު ހަމަޖެހިގެންދާނެ ކަމަށެވެ.
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަނީ
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި
އަބުރުގެ ބަދަލު ހޯދުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
އޭޖީގެ ރައްދު: ބިލްގެ މަސައްކަތަށް އެއްބާރުލުން ދިނިން