Roadha Mihaaru
ޑާކް ރެއިންގެ "ދައުވަތު" އޮކްޓޯބަރު 1 ގައި

ޑާކް ރެއިންގެ "ދައުވަތު" އޮކްޓޯބަރު 1 ގައި

30 ސެޕްޓެމްބަރ 2020

ޑާކް އެންޓަޓައިންމަންޓްގެ ޔޫޓިއުބް ޗެނެލް މެދުވެރިކޮށް ގެނެސްދޭ އެ ސްޓޫޑިއޯގެ "ޝޯޓްސް" ގެ ފުރަތަމަ ފިލްމު "ދައުވަތު" އަންނަ މަހުގެ 1 ގައި ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް އެންޓަޓައިންމަންޓްގެ ޔޫޓިއުބް ޗެނެލް މެދުވެރިކޮށް ގެނެސްދޭ އެ ސްޓޫޑިއޯގެ "ޝޯޓްސް" ގެ ފުރަތަމަ ފިލްމު "ދައުވަތު" އަންނަ މަހުގެ 1 ގައި ދައްކަން ނިންމައިފި އެވެ.

މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ސަސްޕެންސް ތުރިލާއެކެވެ "ދައުވަތު" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ޑާކް ރެއިނުން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު މީގެ ކާސްޓްގައި އަހުމަދު ސުނީ އާއި މަރިޔަމް ޝިފާ ހިމެނޭކަން ޕޯސްޓަރުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. "ދައުވަތު" އަކީ 10 މިނިޓާއި 59 ސިކުންތުގެ ފިލްމެކެވެ.

މީގެ މަސައްކަތް އެއްކޮށް ނިންމާލައި ބެލުންތެރިންނަށް ދޫކޮށްލުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެފައިވާ އިރު، ޑާކް ރެއިނުން ވަނީ "ޝޯޓްސް" ގެ ދަށުން ގިނަ ކުރު ފިލްމުތަކެއް ގެނެސްދޭން ނިންމައިފަ އެވެ. އެ ސްޓޫޑިއޯ އިން ބުނި ގޮތުގައި މިއީ އެތަނުގެ ވަފާތެރި ފޭނުންނަށް މި ދަނޑިވަޅުގައި ގެނެސްދޭ ހަދިޔާ އެވެ.

މިދިޔަ އަހަރު "މާމުއި" އާއި "ގޮށްރާޅު" ގެނެސްދިން ޑާކް ރެއިންގެ ކުރިއަށް ހުރި ފީޗާ ފިލްމުތަކުގެ ތެރޭގައި "ނޮވެމްބާ" އާއި "ބީވީމާ" އާއި "ބަޅިނދު" އަދި "ރެހެން ޚަދީޖާ" ހިމެނެ އެވެ.