ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 51 ޕަސެންޓު ދަށް ހިނގައްޖެ އެވެ.
30 ސެޕްޓެމްބަރ 2020
ކޮވިޑް-19 އާ ހެދި ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 51 ޕަސެންޓު ދަށް ހިނގައްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިސްކްސް އިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ރާއްޖޭގެ ކުއާޓާލީ ޖީޑީޕީ ވަނީ 51 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ޖީޑީޕީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ވަނީ 54 ޕަސެންޓުން ދަށަށް ގޮސްފަ އެވެ.
ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިހާ ބޮޑަށް ދަށަށް ދިޔައީ ކޮވިޑް ފެތުރުން ހުއްޓުވަން ރާއްޖެ އާއި އެހެން ގައުމުތަކުން އެޅި ފިޔަވަޅުތަކާ ހެދި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމުންނެވެ. ރާއްޖޭގެ ޓޫރިޒަމް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 25.5 ޕަސެންޓް ދަށް ގޮސްފަ އެވެ.
ޓޫރިޒަމަށް އައި ހީނަރުކަމާ އެކު އިގުތިސާދީ އެހެން ހަރަކާތްތައް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިން 6.8 ޕަސެންޓު، ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ ދާއިރާއިން 4.0 ޕަސެންޓު ވަނީ ދަށަށް ގޮސްފަ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަޅުތަކާ އެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އައުމާ ހަަމައަށް ވެސް ރާއްޖޭގެ އިގުތިސާދު އައީ ކުރިއަރަމުންނެވެ. ރާއްޖޭގެ ނޮމިނަލް ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދަކީ 2013 ވަނަ އަހަރު 7،660.ރ އެވެ.
ނޮމިނަލް ޖީޑީޕީން ބޮލަކަށް ޖެހޭ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އައިސް 2018 ގައި ހުރީ 10،385ރ. ގަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 2013 އާއި 2014 ވަނަ އަހަރު 7.3 ގައި ހުރުމަށް ފަހު ޖެހިގެން އައި 2015 ގައި ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެއީ 2.9 ޕަސްޓަށެވެ. އެކަމަކު އޭގެ ފަހުން އަނެއްކާ ވެސް އުފެއްދުންތެރިކަން ކުރިއައަރަމުން އައިސް 2018 ގައި ކުރިއެރުން ހުރީ 8.9 ޕަސެންޓްގަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އުފެއްދުންތެރިކަމަށް 2015 ގައި އައި ހީނަރުކަމުން އަރައިގަނެ 2017 ގައި 10.3 ޕަސެންޓުގެ ކުރިއެރުމެއް ލިނބުނެވެ. އެކަމަކު 2018 ވަނަ އަހަރު އެ ދާއިއާރާ އަށް ލިބުނީ 9.8 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ދެވަނަ ،ކުއާޓަރާ އަޅާ ބަލާ ނަމަ ވަނީ 98 ޕަސެންޓުގެ ހީނަރުކަމެއް ޓޫރިޒަމް ސިނާއަތަށް ވަނީ އައިސްފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާ ނަމަ އެއީ 98.2 ޕަސެންޓްގެ ހީނަރުކަމެކެވެ.
ޕީކް ސީޒަނާ އެކު، ޓޫރިޒަމަށް ދެ ޕަސެންޓުގެ ދަށްވުމެއް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
ޓޫރިސްޓުން އިތުރަސް އާމްދަނީން 3 ބިލިއަން ގެއްލިއްޖެ
ނުހެދި ހުރި 88 ރިސޯޓުން އަހަރަކު 26ބިލިއަން ގެއްލޭ
ޓޫރިޒަމަށް ހަތަރު ބިލިއަންގެ އިންވެސްޓްމަންޓް ހޯދާނަން:މުއިއްޒު
ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަނުން މައްޗަށް