03 އޮކްޓޯބަރ 2020
ބްލެކްސްޓޯން އަތުން ޓީއެމްއޭ ގަންނަން އެމެރިކާގެ ބެއިން ކެޕިޓަލްއަށް 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދިން ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެއާލައިން ގެންގޮސް، ޑިރެކްޓަރުންގެ ބޯޑު ވެސް ބަދަލުކޮށްފި އެވެ.
ބްލެކްސްޓޯން އަތުން ޓީއެމްއޭ ގަންނަން އެމެރިކާގެ ބެއިން ކެޕިޓަލްއަށް 305 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ)ގެ ލޯނު ދިން ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެއާލައިން ގެންގޮސް، ޑިރެކްޓަރުންގެ ބޯޑު ވެސް ބަދަލުކޮށްފި އެވެ.
މި ފިޔަވަޅު އެޅީ ބްލެކްސްޓޯން އަތުން 2017 ގައި، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އަށް ޓީއެމްއޭ ގަތް، އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯއަށް، ލޯނު ދެއްކޭ ގޮތް ނުވެގެންނެވެ. އޭރު ބެއިންއަށް 305 މިލިއަން ޑޮލަރު ހަމަޖައްސައިދިނީ، އިންވެސްޓްމެންޓްތަކަށް ހޭދަކުރާ އަމިއްލަ އެތައް ބަޔަކު ގުޅިގެން ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ކޮވިޑް-19އާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ހުއްޓުމާ އެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ބޯޓުތައް ވެސް އުދުއްސާލެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން ލޯނުގެ ތާވަލަށް އަމަލްނުކުރެވި، ބޭންކްތަކުން ދޭ ތާރީހުތަކަށް ފައިސާ ދެއްކޭ ގޮތެއް ނުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ސެޕްޓެމްބަރު 23 ގައި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޓަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އަލަށް ހަ މީހަކު ބޯޑަށް ގެނައި އިރު އޭގެ ތެރޭގައި ރާއްޖޭގައި އުޅުއްވާ ބޭފުޅަކަށް އިނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފިރިކަލުން އަދި ގާނޫނީ ވަކީލް ޝުއައިބު ޝާހެވެ.
މި ބަދަލާ ބެހޭ ގޮތުން ޝުއެއިބާ "މިހާރު"ން ގުޅުމުންނާއި ފޮނުވި މެސެޖްތަކަށް ވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ޓީއެމްއޭގެ ގިނަ ދުވަސް ވީ ސީއީއޯ މުހައްމަދު ފައުޒީ ވެސް އެއްވެސް މައުލޫމާތެއް ނުދެއްވި އެވެ.
ކުރިން ޑިރެކްޓަރުންގެ ބޯޑުގައި ފައުޒީ ވެސް އިންނެވި އެވެ. އެކަމަކު މިހާރު އޭނާ އާއި 2013 ގައި ބްލެކްސްޓޯނުން ޓީއެމްއޭ ގަތުމުގެ ކުރިން މައި އެއް ހިއްސާދާރު ޗަމްޕާ ހުސެއިން އަފީފު ވެސް ބޯޑުގައި ނެތެވެ.
ބެއިން އާއި ޓީއެމްއޭ ގަންނަން ހޭދަކުރި ފަރާތްތަކާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކުން އަލި މަގެއް ނުފެނުނު ކަމަށް، ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. އެގޮތުން މިހާރު ނުދައްކާ އޮތް 280 މިލިއަން ޑޮލަރު، އާ ލޯނަކަށް ބަދަލުކޮށް، ދައްކަން ފަށަން ޖެހޭ މުއްދަތަކަށް 2025 ހަދަން ހުށައެޅުން ވެސް ހިމެނެ އެވެ. އެކަމަކު ޓީއެމްއޭ ގަންނަން ހޭދަކުރި ފަރާތްތަކުން އެ ހުށައެޅުން ގަބޫލެއް ނުކުރި އެވެ.
ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދަރަނި ނުދެއްކޭ ގޮތް ވުމުން ބައިންގެ އަތުން އެއާލައިން އަތުލައި، އާ ބޯޑެއް އެކުލަވާލުމަކީ، ކުރިމަގާ މެދު ސީރިއަސް ސުވާލުތަކެއް ވެސް އުފެދޭނެ މުއާމަލާތެކެވެ. ބެއިންއަށް އޭރު ފައިސާ ދިން ފަރާތްތަކުގެ މައިގަނޑު މަސައްކަތަކަށް މިހާރު އޮންނާނީ އެއާލައިން އަލުން ވިއްކާލުމެވެ. މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު އެއާލައިން ގަންނާނެ ބަޔަކު ނުވެއްޖެ ނަމަ އެއާލައިންގެ މުދާ ވިއްކާލުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ.
ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، ޓީއެމްއޭއަށް މި ދިމާވި ސީރިއަސް މައްސަލައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު އެއް ވަސީލަތް ކަމަށްވާ ސީޕްލޭންގެ އޮޕަރޭޝަނަށް ބޮޑު ލޮޅުމެއް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ޓޫރިޒަމް އަލުން ފަށައިގެން އުޅޭ އިރު ޓީއެމްއޭއަށް އެއްވެސް ކަހަލަ ހުއްޓުންތަކެއް އަތުވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ޓީއެމްއޭއަށް ކުރިމަތިވެގެން އުޅޭ މައްސަލާގައި ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަދެފައި ވަނީ ކިހާ ވަރަކަށްކަން ނުވަތަ ޓީއެމްއޭގެ އޯނަޝިޕަށް މި އައި ބަދަލުތަކުން ކުރިމަގަށް އަތުވެދާނެ ލޮޅުމަކާ މެދު ސަރުކާރުން ދެކޭ ގޮތް ވެސް އަދި ނޭނގެ އެވެ.
ޓީއެމްއޭއަށް ބުރޫއަރާ ނަމަ ޓޫރިޒަމަށް ލޮޅުން އަންނާނެ
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!