ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގެ އިސްތިއުނާފް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގެ އިސްތިއުނާފް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްްރީޒްކޮށް، އަދި އެކައުންޓްތަކުގެ ތަފްސީލް ކޯޓަށް ފޮނުވަން ސިވިލް ކޯޓުން މިދިޔަ މަހު އަމުރު ނެރުނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް އިން ހުށަހެޅި ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އެކައުންޓް ފްރީޒްކުރަން ނެރުނު އަމުރު ސަން ޓްރެވަލްސްގެ ފަރާތުން އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބޭރުކޮށްލީ މިދިޔަ ހަފުތާގައި ކަމަށް އެނގިފައިވެ އެވެ. އެކަމަކު އެއީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ.
ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.
ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމާފައި ވަނިކޮށް 2017 ގައި ސިވިލް ކޯޓުންް ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ސަންގެ އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހައި ކޯޓަށް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސަންގެ ދަރަނި ސަރުކާރުން ދައްކަން ނުޖެހޭނެ: ސިޔާމް
ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް