Roadha Mihaaru
ޖައްވަށް 23 މިލިއަން ޑޮލަރުގެ ފާހާނާ ތައްޓެއް

އައިއެސްއެސް އަށް ނާސާ އިން 23 މިލިއަން ޑޮލަރުގެ ފާހާނާތައްޓެއް

05 އޮކްޓޯބަރ 2020

ޖައްވީ މިޝަންތަކުގެ ތެރޭގައި އުޅޭ އިރު އެންމެ ދަތިވާ އެއް ކަމަކީ ފާހާނާކުރުމެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އެންމެ ކަންބޮޑުވެ، ފިކުރުކުރާން ޖެހޭ އެއް ކަމަކީ ވެސް މިއީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވީ މިޝަންތަކުގެ ތެރޭގައި އުޅޭ އިރު އެންމެ ދަތިވާ އެއް ކަމަކީ ފާހާނާކުރުމެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އެންމެ ކަންބޮޑުވެ، ފިކުރުކުރާން ޖެހޭ އެއް ކަމަކީ ވެސް މިއީ އެވެ.

އެހެންވެ މިހާރަށް ވުރެ ލުއި ހައްލެއް ހޯދަން ނާސާ އިން ފެށި މަސައްކަތުން މި ވަނީ 23 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފާހާނާ ތައްޓެއް ހަދައިފަ އެވެ. އެ ތަށި ހިފައިގެން އައިއެސްއެސް ދަތުރު ފެށީ ހުކުރު ދުވަހު އެވެ. އެހެންވެ ލަފާކޮށްފައި އޮތީ، ފާހާނާތަށި ހިފައިގެން ދިޔަ އުޅަނދު "ސިގްނަސް" އައިއެސްއެސް އަށް މިއަދުގެ ވަގުތެއްގައި ބަނދަރުރާނެ ކަމަށެވެ. އަދި އައިއެސްއެސްގެ ނާސާ ވީ ފަޅީގައި ފާހާނާތަށި ބަހައްޓައި މަސްތަކެއް ވަންދެން އެސްޓްރޮނޯޓުން އެ ޓެސްޓްކުރާނެ އެވެ.

މީގެ ޓެސްޓްތަކުން ކަށަވަރުކުރަން ބޭނުންވާނެ އެންމެ މުހިއްމު ކަމަކީ ޒީރޯ-ގްރެވިޓީގައި ބޮޑުކަމުންދާން އާ ފާހާނާތަށީގެ ސަބަބުން ފަސޭހަކޮށްދޭތޯ އެވެ.

މިކަމާ ބެހޭ ގޮތުން ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރު މެލިީޒާ މެކެންލީ ވިދާޅުވި ގޮތުގައި ޖައްވުގައި ބޮޑުކަމުދިއުމުގައި އެންމެ ބޮޑު އެއް މައްސަލަ އަކީ ސާފުތާހިރުކަން ދަމަހައްޓާނެ ގޮތެވެ. ސަބަބަކީ ޒީރޯ-ގްރެވިޓީގައި ނަޖިސް ވައިގެ ތެރެއަށް "ފްލޯޓްވުމާއި އެ ތަކެތި ރައްކާކޮށް ނައްތައިލުމުގައި ހުރި އުނދަގޫތަކެވެ.

އާ ތަށި ފަރުމާކޮށްފައި ވަނީ އިށީނދެގެން އިންނަން ފަސޭހަވާނެ ގޮތަށް ތަށީގައި 28 އިންޗި (71 ސެންޓިމީޓަރު) ހުންނަ ގޮތަށެވެ. ތަށީގެ ބަރުދަނުގައި ހުންނާނީ 45 ކިލޯ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ނާސާގެ އާ ފާހާނާތަށި އަދިވެސް އައިއެސްއެސްގެ ރަޝިއާގެ ފަޅީގައި ބޭނުންކުރާ ދެ ފާހާނާތައްޓަށް ވުރެ ވެސް ބޮޑުކަމެވެ. އެކަމަކު އާ ފާހާނާތަށި ވެގެން ދާނީ ނާސާ އިން މި ވަގުތު ބޭނުންކުރާ ތައްޓަށް ވުރެ ސައިޒްގެ ގޮތުން 65 ޕަސެންޓް ކުޑަ އަދި ބަރުދަން ވެސް ދެ ގުނަ ލުއި އެއްޗަކަށެވެ.

ނާސާ އިން ބުނި ގޮތުގައި އާ ތަށި ޑިޒައިންކޮށްފައި ވަނީ ކުރިއަށް އޮތް ތަނުގައި ހަނދަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނެ އޮރިއޯން ކެޕްސޫލަށް ހެޔޮވަރުވާ ގޮތަށެވެ. އައިއެސްއެސް އަށް ނާސާ އިން އާ ފާހާނާ ތައްޓެއް ގެންގޮސްފައި މި ވަނީ ހަނދަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ އުޅަނދަށް ހާއްސަ ފާހާނާއެއް ޑިޒައިންކުރަން ޖޫން މަހު އާންމުކޮށް ހުޅުވާލާފައި ވަނިކޮށެވެ.