ފްލޮރިޑާ (މެއި 31) - އަމިއްލަ ކުންފުޏެއް ކަމަށްވާ ސްޕޭސްއެކްސްގެ ޖައްވީ އުޅަނދެއްގައި ނާސާގެ ދެ އޮސްޓްރޮނޯޓުން ފުރަތަމަ ފަހަރަށް ޖައްވަށް އިއްޔެ ދަތުރު ފަށައިފި އެވެ.
31 މެއި 2020
ފްލޮރިޑާ (މެއި 31) - އަމިއްލަ ކުންފުޏެއް ކަމަށްވާ ސްޕޭސްއެކްސްގެ ޖައްވީ އުޅަނދެއްގައި ނާސާގެ ދެ އޮސްޓްރޮނޯޓުން ފުރަތަމަ ފަހަރަށް ޖައްވަށް އިއްޔެ ދަތުރު ފަށައިފި އެވެ.
މިއީ އަމިއްލަ ކުންފުންޏެއްގެ އުޅަނދެއްގައި އިންސާނުން ޖައްވަށް އުފުލި ފުރަތަމަ ފަހަރެވެ. މި ތާރީޚީ ކާމިޔާބު ހާސިލްކޮށްފައިވާ ބިލިއަނަރު އީލޮން މާސްކުގެ ސްޕޭސްއެކްސްގެ ފެލްކަން-9 ގެ ރޮކެޓާ އެކު އުދުއްސާލި ޑްރެގަން ޖައްވީ އުޅަނދުގައި ނާސާގެ ދެ އޮސްޓްރޮނޯޓުން ކަމަށްވާ ގަޑް ހާލީ އާއި ބޮބް ބެންކެން ދަތުރު ކުރާނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށެވެ.
ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސްއެކްސްގެ ފެލްކަން ރޮކެޓް އުދުއްސާލާ މަންޒަރު ރައީސް ޓްރަމްޕާއި ނައިބް ރައީސް ޕެންސް ބައްލަވަނީ. --ފޮޓޯ:އޭއެފްޕީ
މިއީ މީގެ ނުވަ އަހަރު ކުރިން ނާސާގެ ޝަޓްލް ޕްރޮގްރާމް ހުއްޓާލި ފަހުން އެމެރިކާގެ އުޅަނދެއްގައި އޮސްޓްރޮނޯޓުން ޖައްވަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ފަހުން އޮސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ނާސާ އިން ބޭނުންކޮށްފައި ވަނީ ރަޝިޔާގެ ސޮޔޫޒް ރޮކެޓެވެ. އެހެންކަމުން މި ދަތުރާ އެކު ވަނީ ސްޕޭސްފްލައިޓްތަކުގައި ކޮމާޝަލް ކުންފުނިތަކަށް އާ ދޮރެއް ހުޅުވިފަ އެވެ.
އީލޮން މާސްކް ވިދާޅުވެފައި ވަނީ އޭނާގެ އުޅަނދެއް ޖައްވަށް އުދުހިގެންދާ މަންޒަރު ބަލަން ހުރުމަކީ ޖަޒުބާތުން ފުރިފައިވާ ވަގުތެއް ކަމަށެވެ.
ޖައްވީ އުޅަނދު އުދުއްސާލާ މަންޒަރު ބެއްލެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފްލޮރިޑާ އަށް ވަޑައިގެންފަ އެވެ. ނައިބް ރައީސް މައިކް ޕެންސްއާ އެކު ހުންނަވައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކުރީގެ ލީޑަރުން އެ ގައުމުގެ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވާފައި ވަނީ ބޭރު ގައުމުތަކުގެ އެހީގައި ކަމަށެވެ. ނަމަވެސް މިއަދު ފަޚުރުވެރިކަމާ އެކު އެމެރިކާގެ އޮސްޓްރޮނޯޓުން ޖައްވަށް ދަތުރު ފަށާފައި ވަނީ އެމެރިކާގެ ރޮކެޓެއްގައި އެމެރިކާގެ ބިމުން ކަމަށް ވިދާޅުވި އެވެ.
ނާސާގެ ދެ އޮސްޓްރޮނޮޓުން ކަމަށްވާ ބޮބް ބެންކެން (ވ) އާއޮ ހާލީ. --ފޮޓޯ:އޭއެފްޕީ
ކުރީގެ މިލިޓަރީ ޓެސްޓް ޕައިލެޓުން ކަމަށްވާ ހާލީ، 53، އާއި ބެންކަން، 49، މިއަދުގެ ވަގުތެއްގައި އައިއެސްއެސް އަށް ފޯރާނެ ކަމަށް ބެލެވެ އެވެ. ދެހާސް ވަނަ އަހަރު ނާސާއާ ގުޅިފައިވާ ދެ އޮސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނުގައި ތިބޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެ އެވެ.
ޑްރެގަން ކެޕްސޫލް އަކީ މުޅިން އޮޓޮމެޓިކް ވެހިކަލެކެވެ. ޑްރެގަންގައި ކޮންޓްރޯލް ސްޓިކެއް ނުހުރެ އެވެ. ފްލައިޓް ކޮމާންޑްތައް އެންޓަ ކުރަނީ ޓަޗްސްކްރީން ޕެނަލަކުންނެވެ.
މީގެ 18 އަހަރު ކުރިން އުފެއްދި ސްޕޭސްއެކްސް ކުންފުނިން ވަނީ އޮސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ނާސާ އެކު 2.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޖައްވަށް ހަ ދަތުރު ކުރާނެ އެވެ.
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ޕްރައިވެޓް ކްރޫއެއް މުޅިން އަލަށް ޖައްވީ ސްޓޭޝަނަށް
އެންމެން ބިލިއަނަރުންނަށް ވާނެހާ ރަން ހުރި ގިނިހިލައެއް
ޖައްވުގައި މިރުސް ހެއްދި އެސްޓްރޮނޯޓުން ނެޕީގައި
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
ރަޝިއާގެ ޖައްވީ ސްޓޭޝަނެއް ހަދާތީ ނާސާ ކަންބޮޑުވޭ
މަހުޖަނު ހަނދަށް ދިއުމުގެ ކުރިން އައިއެސްއެސް އަށް
ހަނދަށް ދާ އުޅަނދުގެ އެއްބަސްވުން ބާތިލުކޮށްފި
ހަނދަށް ދާ އުޅަނދު އުފައްދަން ސްޕޭސް އެކްސް އަށް