Roadha Mihaaru
ކުޅުދުއްފުއްޓާއެކު އުތުރުގެ ހަ ރަށެއް މޮނިޓަރިން އަށް

ކުޅުދުއްފުށިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން ހަ ރަށަކަށް އަރައިފޭބުން މަނާކޮށްފި

05 އޮކްޓޯބަރ 2020

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ރަށް ހިމެނޭ ގޮތުން އުތުރުގެ ހަ ރަށަކަށް އަރައިފޭބުން އެޗުޕީއޭ އިން މިރޭ މަނާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ރަށް ހިމެނޭ ގޮތުން އުތުރުގެ ހަ ރަށަކަށް އަރައިފޭބުން އެޗުޕީއޭ އިން މިރޭ މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޅުދުއްފުށީގެ އިތުރުން ހއ. އިން ބާރަށާއި ހޯރަފުއްޓާއި ދިއްދު އާއި ހދ. އިން ކުރިނބީ އަދި ށ. ފުނަދު އަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށެވެ. އެ ރަށްތަކަށް އަރައިފޭބުން މަނާކޮށް، މޮނިޓާ ކުރަން ފެށީ ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކުޅުދުއްފުށިން ކޮވިޑް ޕޮޒިޓިވްވީ މާލެ އަށް ދަތުރުނުކޮށް ހުރި ފުލުހެކެވެ. އޭނާގެ ކޮންޓެކްޓުން ހޯދަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. މޮނިޓަރިން ދެމެހެއްޓުމާއި އިތުރު ސާމްޕަލްތައް ނެގުން ފަދަ ފިޔަވަޅުތައް އަޅާނީ ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށްޓަކީ އުތުރުގެ އެންމެ މީހުން ގިނަ ރަށެވެ. އެ ރަށުން ކޮވިޑް ކޭހެއް ކުރިން ވެސް ފެނިގެން އަރައިފޭބުން މަނާކުރި އެވެ.