Roadha Mihaaru
ހަސަން އާއި ޝިފާޒް ބައިވެރިވާން ކައުންސިލުން ފާހެއްނުވި

ސިޓީ ކައުންސިލް ބައްދަލުވުންތަކުގައި ހަސަން އާއި ޝިފާޒް ބައިވެރިވާން ފާހެއް ނުވި!

07 އޮކްޓޯބަރ 2020

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި، އެމްޑީޕީގެ ފަރާތުން ލަފަ އާއި މަޝްވަރާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވާން ކައުންސިލުން ފާހެއް ނުވި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި، އެމްޑީޕީގެ ފަރާތުން ލަފަ އާއި މަޝްވަރާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވާން ކައުންސިލުން ފާހެއް ނުވި އެވެ.

މިގޮތަށް ފާސްކުރަން ކައުންސިލް ބައްދަލުވުމަށް ހުށަހެޅީ، ކައުންސިލް މެމްބަރުންނާ އެ ދެ ބޭފުޅުން ވަރަށް ފަހުން ބައްދަލު ކުރެއްވުމަށް ފަހު އެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ކައުންސިލް ބައްދަލުވުމެއްގައި، މިކަން އެޖެންޑާކޮށް، އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކުރަން މަގުފަހިކުރުމަށާއި އެ ކަންތައްތައް ކުރެވޭނެ މިންވަރު ބަލަން ހަސަން އާއި ޝިފާޒް، ކައުންސިލް ބައްދަލުވުންތަކާއި ކައުންސިލަށް ހުށަހަޅަން ޖެހޭ މައްސަލަތަކުގައި އެ ދެ ބޭފުޅުންގެ މަޝްވަރާ ހޯދުމާ ގުޅޭ ގޮތުން ކައުންސިލް ބައްދަލުވުމުގައި ކައުންސިލަރުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި، ކައުންސިލް ބައްދަލުވުންތައް އެގޮތަށް ކުރިއަށްދަން ނުފެންނަ ކަމަށް ނިންމީ ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލްގެ ނިންމުމުގައި ބުނެފައި ވަނީ، އެމްޑީޕީގެ ފަރާތުން ކައުންސިލަށް ލަފަ އާއި މަޝްވަރާ ދިނުމަކީ މިހާރު ވެސް އޮތް ފުރުސަތެއް ކަމަށެވެ. އެ ކައުންސިލަކީ ސަރުކާރު ހިންގާ މައި ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިލެއް ކަން ފާހަގަކޮށް، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭން ކައުންސިލް ތައްޔާރަށް އޮތް ކަމަށް ވެސް ނިންމުމުގައި ވެ އެވެ.

ސިޓީ ކައުންސިލުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގައި، ލަފަ އާއި މަޝްވަރާ ދެއްވުމުގައި ޑރ. އިބްރާހިމް ނާޝިދު ވަރަށް ފަހުން ހަރަކާތްތެރިވެވަޑައިގަތެވެ. ކޮވިޑް-19ގެ ތެރޭގައި، އޭނާ ކައުންސިލްގައި މަސައްކަތް ކުރެއްވީ ވޮލަންޓިއަރެއްގެ ގޮތުގަ އެވެ.