Roadha Mihaaru
ހެޕީމާކެޓުގެ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިފި

ހެޕީމާކެޓުން އެކްސްޕީރިއަންސް ސެންޓަރު ހުޅުވައި، ގްރީން ފްލީޓް ރަސްމީކޮށް ތައާރަފު ކޮށްފި

11 އޮކްޓޯބަރ 2020

ހެޕީ މާކެޓުގެ ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ތަޖުރިބާ ކުރުވަން އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހެޕީ މާކެޓުގެ ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ތަޖުރިބާ ކުރުވަން އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.

ހުޅުމާލޭގެ ހައިވަކަރު މަގުގައި ގާއިމު ކޮށްފައިވާ މި ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވީ ހެޕީމާކެޓުގެ އެޑްވައިޒަރު ޓުދަ ބޯޑު އަދި ޗީފް އިންޖިނިއަރު އަލީިދީދީ އެވެ.

ހެޕީ މާކެޓުން ބުނީ، މި އެކްސްޕީރިއަންސް ސެންޓަރުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނިން ވިއްކާ ހުރިހާ އުފެއްދުންތަކެއް ތަނަވަސް މާހައުލެއްގައި ކަސްޓަމަރުންނަށް ފެނި، ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ތަޖުރިބާކޮށް، ކައިރިން ބަލައިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމެވެ. މި ސެންޓަރުން ހޯލްސޭލް އަދި ރީޓެއިލްކޮށް ކަސްޓަމަރުންނަށް މުދާ ގަނެވޭނެ އެވެ.

ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން މީޑީއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން މީޑީއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ، ރާއްޖޭގެ އެކި ރިސޯޓުތަކާއި ރެސްޓޯރަންޓު/ކެފޭ ފަދަ ތަންތަނުގެ އެގްޒެކެޓިވް ޝެފުން ނުވަތަ ޕާޗޭސިން ޑިޕާޓްމަންޓުތަކުގެ މީހުންނަށާއި ވިޔަފާރިވެރިންނަށް އެ ސެންޓަރަށް ޒިޔާރަތް ކުރުމުން ސޭލްސް މުވައްޒަފުންނާ ބައްދަލުކޮށް، އުފެއްދުންތަކާ ބެހޭ މައުލޫމާތު ސާފުކޮށް އެއްޗެހީގެ ހާއްސަ ކަންކަން ބަލައިލެވޭނެ ކަމަށެވެ. އެ އުފެއްދުންތަކުގެ ރަހަބަލައި ތަޖުރިބާ ކުރެވޭނެ އިންތިޒާމު ވެސް އެކްސްޕީރިއެންސް ސެންޓަރުން ކުރިމަގުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޝޯ ރޫމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. އަދި ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ތަނަށް ގޮސް މުދާ ބަލައިލުމަށް ފަހު، ގަތުމުގެ މަގު ފަހި ވެގެންދާނެ،" އިހުސާން ވިދާޅުވި އެވެ.

އެކްސްޕީރިއަންސް ސެންޓަރުން ލިބެން ހުންނަ ފިނިކުރި މަހުގެ ބާވަތްތަކުގެ ތެރޭގައި ކުކުޅު މަހާއި އަސްދޫނި މަހާއި ލޭމްބް އާއި މަޓަން އާއި ޓާކީ އަދި ގެރި މަސް ހިމެނެ އެވެ. މީގެ އިތުރުން ގަނޑުކުރި ތަރުކާރީގެ ބާވަތްތަކާއި ޑެއިރީ އުފެއްދުންތަކާއި ޔޯގަޓާއި ބާސްމަތީ ހަނޑޫ އަދި ޕާސްތާ ފަދަ ތަކެތި ހިމެނެ އެވެ.

ހެޕީ މާކެޓު ގްރީން ފްލީޓުގެ އުޅަނދުތައް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހެޕީ މާކެޓު ގްރީން ފްލީޓުގެ އުޅަނދުތައް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހެޕީ މާކެޓުން ވަނީ އެކްސްޕީރިއަންސް ސެންޓަރުގެ ހުޅުވުމުގެ އިތުރުން އެ ކުންފުނީގެ ގްރީން ފްލީޓު ވެސް ރަސްމީކޮށް ތައާރަފު ކޮށްފަ އެވެ. ގްރީން ފްލީޓަކީ ވައި ތައައްޔަރުވުމުގެ ސަބަބުން ތިމާވައްޓަށް ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމުގެ ބޭނުމުގައި ހެޕީމާކެޓުން ނެގި އިނީޝިއޭޓިވް އެކެވެ. އެ ކުންފުނިން މިހާރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޑެލިވަރީގެ ހިދުމަތް ދެނީ ގްރީން ފްލީޓުގެ ބެޓަރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކުންނެވެ.