Roadha Mihaaru
ޗެންޓީޕެކް ވިޕިން ކްރީމް ހެޕީ މާކެޓުން

މަޝްހޫރު ޗެންޓީޕެކް ވިޕިން ކްރީމް ހެޕީ މާކެޓުން

28 ޑިސެމްބަރ 2020

ބެލްޖިއަމްގެ އުފެއްދުމެއް ކަމަށްވާ ޗެންޓީޕެކް ވިޕިންގް ކްރީމް އަކީ ނޮންޑެއިރީ ނުވަތަ ކިރުގެ ބާވަތްތަކަށް އެލާޖިކް މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ، އެހެން ވިޕިން ކްރީމްތަކަށްވުރެ 50 ޕަސެންޓްގެ ފެޓް މަދު، ގިރާލަން ފަސޭހަ އެހާމެ ރަހަމީރު ވިޕިން ކުރީމްއެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބެލްޖިއަމްގެ އުފެއްދުމެއް ކަމަށްވާ ޗެންޓީޕެކް ވިޕިންގް ކްރީމް އަކީ ނޮންޑެއިރީ ނުވަތަ ކިރުގެ ބާވަތްތަކަށް އެލާޖިކް މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ، އެހެން ވިޕިން ކްރީމްތަކަށްވުރެ 50 ޕަސެންޓްގެ ފެޓް މަދު، ގިރާލަން ފަސޭހަ އެހާމެ ރަހަމީރު ވިޕިން ކުރީމްއެކެވެ.

ޗެންޓީޕެކް އަކީ ފޮނިރަހަ އަދި ވެނީލާ ރަހަ ލާ ކްރީމް އެއްކަމުން، އެހެން ވިޕިން ކްރީމްތަކާ ހިލާފަށް ފޮނިރަހަ ލެއްވުމަށް ޗެންޑީޕެކް އަކަށް ހަކުރު ނުވަތަ ގެރިކިރު ފަދަ އެއްވެސް އިތުރު އެއްޗެއް އަޅާކަށް ނުޖެހެއެވެ. ޗެންޓީޕެކްގެ ކުޑަ ކްރީމްކޮޅަކުން، ކްރީމްގެ 3.5 ގުނަ އިތުރު ސައިޒަށް ވިޕިންކްރީމް ހެދެ އެވެ.

ޗެންޓީޕެކް ވިޕިންގް ކްރީމް ތައްޔާރު ކުރާނެގޮތް:

- ޗެންޓީޕެކް ޕެކެޓް ފަސް ގަޑި އިރުވަންދެން ފްރިޖަށް ލައި ރަނގަޅަށް ފިނިކޮށްލާ - އެއަށްފަހު ކުޑަ ކްރީމްކޮޅެއް މިކްސިން ބައުލްއަކަށް އެޅުމަށްފަހު ދެ މިނެޓް ނުވަތަ ރަނގަޅަށް ވިޕް ވަންދެން ހޭންޑް މިކްސްޗާ އަކުން ނުވަތަ ވިސްކްއެއް ބޭނުންކޮށްގެން ރަނގަޅަށް ހަރުވަންދެން ގިރާލާ.

ހެޕީ މާކެޓްއިން ނެރެފައިވާ ޗެންޓީޕެކް ވިޕިން ކްރީމް---ފޮޓޯ: ހެޕީމާކެޓް

ހެޕީ މާކެޓްއިން ނެރެފައިވާ ޗެންޓީޕެކް ވިޕިން ކްރީމް---ފޮޓޯ: ހެޕީމާކެޓް

- އެޅި ކްރީމް ކޮޅުގެ ތިން ގުނަ އިތުރަށް ހުންނަ ވަރަށް ވިޕިން ކްރީމް ހެދުމުން ނުވަތަ ވިސްކް އިން ކްރީމްކޮޅެއް ނެގުމުން ވިސްކްގައި ހަރުލާފައި ހުންނަ ވަރަށް ގިރުމުން ވިޕިން ކްރީމް އެހުރީ ތައްޔާރަށެވެ.

ކޭކު ޓޮޕިން އަދި ކޭކު ކޯޓްކުރުމަށް، ނުވަތަ ޕޭންކޭކްސް، ވޮފުލްސް އަދި ޕަވޮލޯވާސް މައްޗަށް އެޅުމަށް، އެހެން ނޫންނަމަ ތަފާތު ވައްތަރުގެ މޫސް މައްޗަށް އެޅުމަށާއި، ކޮފީ، ހޮޓް ޗޮކްލެޓް އަދި މިލްކްޝޭކް ފަދަ ބުއިންތަކަށް ބޭނުންކޮށްލުމަށް ޗެންޓީޕެކް ވިޕިން ކްރީމަކީ އެންމެ އެކަށީގެންވާ ވިޕިން ކްރީމް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ހެޕީ މާކެޓްއިން ނެރެފައިވާ ޗެންޓީޕެކް ވިޕިން ކްރީމް--- ފޮޓޯ: ހެޕީމާކެޓް

ހެޕީ މާކެޓްއިން ނެރެފައިވާ ޗެންޓީޕެކް ވިޕިން ކްރީމް--- ފޮޓޯ: ހެޕީމާކެޓް

ޗެންޓީޕެކް ވިޕިން ކްރީމް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް، މާލެ އަދި ގްރޭޓާ މާލެ އޭރިއާގައި ހުންނަ ހެޕީމާކެޓްގެ ހުރިހާ ފިހާރައަކުން ވެސް ލިބޭނެ އެވެ. ހަމަ އެހެންމެ، ބޭކަރީ ތަކެތި ލިބެން ހުންނަ ފިހާރަތަކުގަ އާއި ސުޕާ މާކެޓްތަކުގައި ލިބެން ހުންނާނެއެވެ.