Roadha Mihaaru
ހެޕީމާކެޓްގެ ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް

ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް ހެޕީ މާކެޓުން ހުޅުވައިފި

20 ސެޕްޓެމްބަރ 2020

ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުނި، ހެޕީ މާކެޓުން ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުނި، ހެޕީ މާކެޓުން ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

"ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް"ގެ ނަމުގައި ހުޅުވި މި ފިހާރަ ހުންނާނީ އަލިކިލޭގެފާނު މަގުގައި ކުރީގެ ޓައިމް ޒޯން ކުރިމައްޗަށްވާ ގޮތަށް ހުންނަ ހެޕީމާކެޓް ގުދަނާ ޖެހިގެންނެވެ. މި ފިހާރައިން ހެޕީމާކެޓުން ސްޕެޝަލް އޮފާގެ ދަށުން މިވަގުތު ލިބެންހުރި ހުރިހާ މުދަލެއްގެ އިތުރުން، އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ މުދަލެއް ވެސް ލިބެން ހުންނާނެ އެވެ.

ހެޕީ މާކެޓުން މައުލޫމާތު ދިން ގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ޑިސްކައުންޓް އަގުތަކުގައި ވިއްކާ ހުރިހާ މުދަލެއް ފަސޭހަކަމާ އެކު އާންމުންނަށް ގަނެވޭނެގޮތް ހެދުމެވެ. މީގެ އިތުރުން ހެޕީ މާކެޓުން ވިއްކާ އުފެއްދުންތަކުގެ ރަހަ ބަލައިލުމާއި އެ ތަކެތި ކައިރިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް މި ފިހާރައިން ލިބޭނެ އެވެ.

އެ ފިހާރައިގެ އޮފިޝަލަކު ބުނިގޮތުގައި ކޮވިޑް-9ގެ ސަބަބުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް، މި ދުވަސްވަރު ތަކެތީގެ ރަހަ ބަލައިލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ކުރިއަށް އޮތްތާނގައި ގިނަ އަދަދެއްގެ އުފެއްދުންތަކެއްގެ ރަހަބެލުމުގެ ފުރުސަތު ލިބޭނެ އެވެ.

ހެޕީ މާކެޓް ޕްރޮމޯޝަން ފިހާރަ-- ފޮޓޯ: ހޭޕީ މާކެޓް

ހެޕީ މާކެޓް ޕްރޮމޯޝަން ފިހާރަ-- ފޮޓޯ: ހޭޕީ މާކެޓް

ފިހާރަ ހުޅުވުމާ ގުޅިގެން، ހެޕީ މާކެޓުން ވަނީ އެ ފިހާރައިން ވިއްކާ ގިނަ ޕްރިމިއަމް އުފެއްދުންތަކުގެ އަގު ހެޔޮކޮށްފަ އެވެ. ހާއްސަކޮށް ފިނިކުރި ގިނަ ބާވަތެއްގެ މުދާ މިވަނީ ވަރަށް ބޮޑުތަން އަގު ހެޔޮކޮށްފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ. މީގެ ތެރޭގައި ބްރެޒިލް އަދި އޮސްޓްރޭލިއާއިން އެތެރެކުރާ ގެރިމަހާއި ކަންބަޅި އާއި މަޓަންގެ ބައިތަކާއި އާއި ކުކުޅު އަދި ބީފް ޕެޓީސް އާއި ޗިކަން ނަގެޓްސް، ޗިލްޑް ބްރައުން ބިސް ކޭހާއި ބެލްޖިއަމް އިން އެތެރެކުރާ ބޭކަރީ ޕްރޮޑަކްޓުތައް ކަމަށްވާ މާޖެރިން އާއި، ކޭކް މިކްސް އާއި ޕައި ފިލިންގް އަދި ޗީޒް ގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މޮޒަރެއްލާ، ޗެޑާ އަދި ކްރީމް ޗީޒް ހިމެނެ އެވެ.

ފިނިކުރި ކާބޯތަކެތީގެ އިތުރުން، ރާއްޖޭގެ ބާޒާރުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ރައުހް ހެޕީޑޭ ޖޫސް އާއި ސެން ރެމޯ ޕާސްތާ އާއި އޯލްޑަންބާގާ ލޯފެޓް އަދި ފުލްކްރީމް ކިރު ޕެކެޓު ކޭހާއި ޓަބެސްކޯ ސޯސް އާއި ޕިއެޓްރޯ ކޮރިސެއްލީ އޮލިވް އޮއިލް ފަދަ ބާވަތްތައް ހޯލްސޭލްކޮށް ގަންނަ މީހުންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި މި ބާވަތްތަކުން ފަސް ކޭސް އަދި ދިހަ ކޭސް ނަގާ ނަމަ އިތުރަށް އަގުހެޔޮވާ ބަންޑްލް ޕެކޭޖުތަކެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

ހެޕީމާކެޓް ޕްރޮމޯޝަން ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.