Roadha Mihaaru
ހެޕީމާކެޓުން ހުރާއަށް ގިނައަދަދެއްގެ ސާމާނު ހަދިޔާކޮށްފި

ހެޕީމާކެޓުން ހުރާއަށް ގިނަ އަދަދެއްގެ ސާމާނު ހަދިޔާކޮށްފި

06 އެޕްރީލް 2021

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން ކ. ހުރާ މޮނިޓަރިންއަށް ލުމާ ގުޅިގެން ހެޕީމާކެޓުން ގިނަ އަދަދެއްގެ ސާމާނު އެ ރަށަށް ހަދިޔާ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން ކ. ހުރާ މޮނިޓަރިންއަށް ލުމާ ގުޅިގެން ހެޕީމާކެޓުން ގިނަ އަދަދެއްގެ ސާމާނު އެ ރަށަށް ހަދިޔާ ކޮށްފި އެވެ.

މިތަކެތި އެ ރަށަށް ހަދިޔާ ކުރީ މާލޭގައި ހަރަކާތްތެރިވާ ހުރާގެ ކޮވިޑް ރިލީފް ޓީމެއް އެދިގެންނެވެ. އެގޮތުން، މިވަގުތު އެ ރަށަށް ބޭނުންވާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެޕީމާކެޓުން ވަނީ ހަދިޔާ ކޮށްފަ އެވެ.

ހެޕީމާކެޓުން ހުރާއަށް ހަދިޔާ ކުރި ތަކެތި

- ހެޕީ ޑޭ ޖޫސް

- ކުކުޅު

- ބާސްމަތީ ހަނޑު

- އޯލްޑެން ބާގާ ކިރު ޕެކެޓު

- ބިސް ކޭސް

- ސްލައިސް ޗީޒް

- ރެޑް ކިޑްނީ ބީންސް

- ގްރީން ޕީސް

- ބަޓަރު

- ލައިފް ފެން ކޭސް

- ހޭންޑް ސެނިޓައިޒާ

ހެޕީމާކެޓުން ހުރާއަށް ހަދިޔާ ކުރި ބިސް ކޭސްތަކެއް މާލެ ބަނދަރުގައި ބަހައްޓާފައި-- ފޮޓޯ: ފޭސްބުކް

ހެޕީމާކެޓުން ހުރާއަށް ހަދިޔާ ކުރި ބިސް ކޭސްތަކެއް މާލެ ބަނދަރުގައި ބަހައްޓާފައި-- ފޮޓޯ: ފޭސްބުކް

ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާން "މިހާރު"އަށް ވިދާޅުވީ އެ ކުންފުނިން ތަކެތި ހަދިޔާ ކުރިއިރު ހުރިހާ ގޭބިސީއަކަށް ވާވަރަށް ތަކެތި ދިން ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ރަށުގެ ރައްޔިތުންނަށް އެހީވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރާ އަކީ އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮންނަ ރަށެއް. މާލެ ލޮކްޑައުން ކުރުމުން އުޅެން ޖެހުނު ހާލުގައި މިހާރު އެ ރަށު ރައްޔިތުން އެ އުޅެނީ. ވިޔަފާރި ކުރަން ބޭރަކަށް ނުދެވޭ. އަދި ކުރިއަށް އޮތީ ރޯދަ މަހަށްވާއިރު މިތަކެތީގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވަނީ ހުރާއިން މޮނިތަރިންގެ ހާލަތުގައި ދެއްކި އެއްބައިވަންތަކަން ފާހަގަކޮށް އެ އެއްބައިވަންތަކަން އެހެން ރަށްރަށުންވެސް ދެއްކުމަށް އެދިފަ އެވެ. އަދި ހެޕީމާކެޓަށް އެހީއަށް އެދުމުން އެ ކުންފުންޏަށް ވެވޭވަރަކުން އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.