Roadha Mihaaru
ޓްރެކް ދަނޑުގެ މަގެއް ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި

ޓްރެކް ދަނޑު ސަރަހައްދުގެ މަގެއް ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައިފި

30 އޮކްޓޯބަރ 2016

ޓްރެކް ދަނޑު ސަރަހައްދުގައި އޮންނަ މާފަތްތަކުރުފާނު މަގުން ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރެކް ދަނޑު ސަރަހައްދުގައި އޮންނަ މާފަތްތަކުރުފާނު މަގުން ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ މާދަމާ އިން ފެށިގެން، އަމީނީމަގު އަދި ބޮޑުތަކުރުފާނު މަގުން ވެސް މާފަތްތަކުރުފާނު މަގަށް ދުއްވާ އެއްޗެއްސަށް ވަދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގޮތަށް ހެދީ، އެ ސަރަަހައްދުގެ އެކި މަގުތައް ބަންދުކުރުމުގެ ސަބަބުން އާއްމުންނަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

ނާފިޒު ވިދާޅުވީ މާފަތްތަކުރުފާނު މަގުގައި ބޮޑެތި ވެހިކަލްތައް ޕާކު ނުކުރާ ނަމަ ދެކޮޅަށް ދުއްވަން އުނދަގުލެއް ނުވާނެ އެވެ. އަދި އެއީ ދެކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި އާއްމުންނަށް އެނގޭނެހެން، ހައުސިން މިނިސްޓްރީން ނިޝާންތައް ޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް ހައްލެއް ލިބިގެންދާނެ މާފަތްތަކުރުފާނު މަގުން ދެކޮޅަށް ދުއްވޭގޮތަށް ހެދުމުން،" ނާފިޒު ވިދާޅުވި އެވެ.

ދުއްވާ އެއްޗެއްސަށް މާފަތްތަކުރުފާނު މަގަށް މިހާރު ވަދެވެނީ ހަމައެކަނި ބޮޑުތަކުުރުފާނު މަގުންނެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތެއް އެޅުމަށާއި އެމްޑަބްލިއުއެސްސީގެ ބޭނުމަށް އަމީނީމަގު އެ ސަރަހައްދުގެ ގިނަ މަގުތަކެއް ވަނީ ބަންދުކޮށްފަ އެވެ. އަދި އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރުމަށް މެރީ ބްރައުން ރެސްޓޯރަންޓުން ފެށިގެން ދެކުނަށް އެ ސަރަހައްދު އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ.