މި އަހަރުގެ ނޯބެލް އިނާމު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަށް ލިބިފައިވާ އިރު އެ ޕްރޮގްރާމްގައި މުހިއްމު ރޯލެއް އަދާކުރާ ކުއްތާއަކަށް ވެސް ފުރަތަމަ ފަހަރަށް ނޯބެލްގެ ސުލްހައިގެ އިނާމު ދީފި އެވެ.
20 އޮކްޓޯބަރ 2020
މި އަހަރުގެ ނޯބެލް އިނާމު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަށް ލިބިފައިވާ އިރު އެ ޕްރޮގްރާމްގައި މުހިއްމު ރޯލެއް އަދާކުރާ ކުއްތާއަކަށް ވެސް ފުރަތަމަ ފަހަރަށް ނޯބެލްގެ ސުލްހައިގެ އިނާމު ދީފި އެވެ.
އިންސްޓަގްރާމްގައި "ހިއުމަޓަރެނޭނިއަން ޕަޕް" ގެ ނަމުގައި މަޝްހޫރު ފޮކްސްޓްރޮޓް ކިޔާ ބަންގްލާދޭޝްގައި ގެންގުޅޭ ކުއްތާ އަށް ސުލްހައިގެ އިނާމު ލިބުނީ ބަނޑުހައިހޫނުކަމާ ދެކޮޅަށް ޑަބްލިއުއެފްޕީން ކުރަމުން އަންނަ މަސައްކަތުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރަމުން އަންނާތީ އެވެ. އެގޮތުން މޫސުމީ ދަތިތަކުގެ ތެރޭގައި ފޮކްސްޓްރޮޓަކީ އަވަށްތަކަށް ތަކެތި ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭ އެއްޗެކެވެ.
ކުއްތާ އަށް އެވޯޑް ލިބުނު ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު ފޮކްސްޓްރޮޓްގެ ފަރާތުން އާންމުކޮށްފައިވާ ދިގު ބަޔާނުގައި ބުނީ "އެވޯޑް ލިބުމުން ވަރަށް އުފާވި" ކަމާށާއި "ހަގީގަތުގައި މިފަދަ އެވޯޑެއް ދުނިޔޭގައި ބަނޑުހައިހޫނުކަން ނެތް ނަމަ މުހިއްމު އެއްޗަކަށް ނުވާނެ" ކަމަށެވެ.
ފޮކްސްޓްރޮޓް "ބުނި" ގޮތުގައި ދުނިޔެ އުފާވެރި ހަމަޖެހޭ ތަނަކަށް ވެސް ވާނީ ބަނޑުހައިހޫނުކަން ނައްތާލެވިގެން ކަމަށާއި އޭތި އަބަދު ވެސް މަސައްކަތްކުރާނީ #ޒީރޯހަންގާ އަށް ކަމަށެވެ.
ކުއްތާ އަށް ލިބުނު އެވޯޑް ހަވާލުކޮށް ދެއްވީ ނޯބެލް ކޮމިޓީގެ ޗެއާމަން ބެރިޓް ރީޒް-އެންޑަސަނެވެ. އަދި އޭނާ ވަނީ ފޮކްސްޓްރޮޓް ޑަބްލިއުއެފްޕީއާ އެކު ކުރާ މަސައްކަތްތަކަކީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.
ޑަބްލިއުއެފްޕީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފޮކްސްޓްރޮޓް އެ ޖަމާއަތާ ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭރު އުމުރުން އެންމެ މަހެއްވީ ފޮކްޓްރޮޓް އުޅުނީ އަތިރިމަތީގަ އެވެ. އޭގެ ވެރިމީހާ އަށް އެ ގެއްލުމުން ހަނދާނެ ނަހަދާނެ ގޮތެއް ނޭނގި އުޅެނިކޮށް އަތިރިމަތި ސާފުކުރަން އުޅުނު ޑަބްލިއުއެފްޕީ މެމްބަރުން ފޮކްސްޓްރޮޓް ގެންދިޔައި އެވެ. ވެރި މީހާ ހޯދަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވުމުން ކުއްތާ ދެން ބަދަލުވީ ޑަބްލިއުއެފްޕީގެ މެމްބަރަކަށެވެ.
ނޯބެލް ޕީސް ޕްރައިޒް ލިބުމާ ގުޅިގެން އެ ވާހަކަ ވެސް ފޮކްސްޓްރޮޓް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެ ފޮލޯކުރާ މީހުންގެ އަދަދު 7،000 އަށް އަރާ އިރު، މިހާތަނަށް 340 އަށް ވުރެ ޕޯސްޓްކޮށްފައިވެ އެވެ.
ޑަބްލިއުއެފްޕީ އިން ބަނޑުހައިހޫނުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ލިބުނު އިރު، އިނާމާ އެކު 10 މިލިއަން ސްވިޑިޝް ކްރޯން (1.1 އެއް މިލިއަން ޑޮލަރު) ލިބުނެވެ ޑަބްލިއުއެފްޕީގެ އެކެޒެކެޓިވް ޑިރެކްޓަރު ޑޭވިޑް ބީޒްލީ ވިދާޅުވީ އެ ޖަމާއަތަށް އިނާމު ލިބުމަކީ ހަޔާތުގައި މިހާތަނަށް ބަސް ހުއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ. އެދި އެއީ ހައްގު އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ބައިޑެންގެ ކުއްތާ ދަތްއަޅާތީ ގަނޑުވަރުން ބޭރުކޮށްފި
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރާއްޖޭގައި ކުއްތާއެއް ގެންގުޅޭތީ ފެންނަ ވީޑިއޯއެއް
ކުއްތާއަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ ނަން
ކެވިލްގެ ހުރިހާ ވެސް އެއްޗަކީ ކުއްތާ
ކުއްތާއަކަށް އަނިޔާކުރި މީހަކު "ސައިޒްކުރީ" ގެރިއެއް
މީހަކު ސަލާމަތްކޮށްދޭން ކުއްތާއެއްގެ ބޮޑު އެހީއެއް
ޕެޓް ބަލަހައްޓަން ރޮބޮޓެއް
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ބައިޑެންގެ ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި