ނޭޕްލްސް (އޮކްޓޫބަރު 23) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ އޭސީ މިލާނާއި ރޯމާ ކުޅުނު މެޗުތަކުން މޮޅުވިއިރު، ނަޕޯލީ ބަލިވެއްޖެ އެވެ.
ނޭޕްލްސް (އޮކްޓޫބަރު 23) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ އޭސީ މިލާނާއި ރޯމާ ކުޅުނު މެޗުތަކުން މޮޅުވިއިރު، ނަޕޯލީ ބަލިވެއްޖެ އެވެ.
ރަށުންބޭރުގައި ސްކޮޓްލެންޑްގެ ޗެމްޕިއަން އަތުން މިލާން މޮޅުވީ 3-1 އިންނެވެ. ސްވިޒަލެންޑްގެ ޔަންގް ބޯއީސް ދަނޑުގައި ރޯމާ މޮޅުވީ 2-1 އިންނެވެ. އަމިއްލަ ދަނޑުގައި ނަޕޯލީ ބަލިވީ ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރް އަތުން 1-0 އިންނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އަލްކްމާރުން ރޭގެ މެޗުގައި ކުޅުނީ ފުރަތަަމަ ޓީމުގައި ހިމެނޭ 13 ކުޅުންތެރިން ނުލަ އެވެ. ފުރަތަމަ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލައި ވެސް އަލްްކްމާރުން ހިތްވަރުގަދަ ކުޅުމެއް ދެއްކި އެވެ. އަލްކްމާރުން އިޓަލީ އަށް ގެންދިޔައީ ވެސް 17 ކުޅުންތެރިންގެ ސްކޮޑެކެވެ. އެ ޓީމު މެޗުގައި މޮޅުކޮށްދިން ގޯލު މެޗުގެ 51 ވަނަ މިނިޓްގައި ޖެހީ ޑެނީ ޑި ވިޓް އެވެ.
މިލާނަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިދިނީ ބޮސްނިއާގެ މިޑްފީލްޑަރު ރަޑް ކްރުނިޗް އާއި ރެއާލް މެޑްރިޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ބްރަހިމް ޑިއާޒް އެވެ. ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ސެލްޓިކްގެ މުހައްމަދު އެލްޔޫނުސީ ގޯލެއް ޖަހައިދިން ނަމަވެސް އެ ޓީމަށް މިލާން ކައިރިން ސަލާމަތެއް ނުވެވުނެވެ. މެޗުގެ އިތުރު ވަގުތުގައި މިލާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޔެންސް ޕީޓާ ހޯގް އެވެ.
ޔަންގް ބޯއީސް ދަނޑުގައި ރޭ އެ ޓީމުން ވަނީ މެޗުގެ 14 ވަނަ މިނިޓްގައި ޖިއަން-ޕިއޭ އެންސާމޭގެ ޕެނަލްޓީން ލީޑުނަގައިފަ އެވެ. ރޯމާ އިން ފަހަތުން އަރައި މޮޅުވީ ދެ ވަނަ ހާފްގެ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 69 ވަނަ މިނިޓްގައި ރޯމާ އަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ކާލެސް ޕެރޭޒް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ރޯމާ މޮޅުކޮށްދިން ގޯލު ޖެހީ އަލްބޭނިއާ ޑިފެންޑަރު މަރާޝް ކުމްބުލާ އެވެ.
ޔޫރޮޕާ ލީގުގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅޭ ވިޔަރެއާލް ވަނީ 5-3 އިން ތުރުކީގެ ސިވާސްޕޯރް ބަލިކޮށްފަ އެވެ. ބެލްޖިއަމްގެ ޗެމްޕިއަން ސްޓެންޑާޑް ލީޖް އަތުން ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ ރޭންޖާސް މޮޅުވީ 2-0 އިންނެވެ. މާރިއޯ ގޮޓްޒާ ގޯލު ޖެހި ނަމަވެސް ޕީއެސްވީ އެއިންދޯވަން ވަނީ 2-1 އިން ސްޕެއިނުގެ ގްރަނާޑާ އަތުން ބަލިވެފަ އެވެ. ޑޭވިޑް ސިލްވާގެ މޮޅު ކުޅުން ފެނުނު މެޗުގައި ރެއާލް ސޮސިއެޑާޑް އިން ވަނީ 1-0 އިން ކްރޮއޭޝިއާގެ ރެޔީކާ ބަލިކޮށްފަ އެވެ.
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ރޯމާއިން އިންޓަ ބަލިކޮށްފި، މިލާނަށް ވެސް މޮޅެއް
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ރޯމާ ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބަލިވެއްޖެ
އިބްރަހިމޮވިޗްގެ 400 ވަނަ ގޯލާއެކު ރޯމާ ބަލިކޮށްފި
މިލާނާއި ރޭންޖާސް އަށް ދެ ވަނަ މޮޅު، ނަޕޯލީ ފޯމަކަށް
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ