27 އޮކްޓޯބަރ 2020
ޝިންޖިއާން (އޮކްޓޯބަރު 27) - ކޮރޯނާވައިރަހުގެ އެންމެ ކޭހެއްގެ ސަބަބުން ޗައިނާގެ ސިޓީއެއްގެ 4.7 މިލިއަން މީހުން ޓެސްޓް ކުރަންޖެހިއްޖެ އެވެ.
ޝިންޖިއާން (އޮކްޓޯބަރު 27) - ކޮރޯނާވައިރަހުގެ އެންމެ ކޭހެއްގެ ސަބަބުން ޗައިނާގެ ސިޓީއެއްގެ 4.7 މިލިއަން މީހުން ޓެސްޓް ކުރަންޖެހިއްޖެ އެވެ.
ޝިންޖިއާން ޕްރޮވިންސްގެ ކަޝްގަރު ސިޓީގެ 4.7 މިލިއަން މީހުން ޓެސްޓްކުރި އިރު ބަލީގެ އަލާމާތް ނެތް އެކަމަކު ބައްޔަށް ޕޮޒިޓިވް 138 މީހުން ވަނީ ފެނިފަ އެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އިން ވަނީ ކާމިޔާބުކަމާ އެކު ބަލި ކޮންޓްރޯލްކޮށްފަ އެވެ. ބަލީގެ ކޭސްތައް ފެންނަން ފެށުމާ އެކު ޗައިނާ އިން އިސްކަން ދެނީ އެ ސަރަހައްދެއްގެ އެންމެން ވީހާވެސް އަވަހަކަށް ޓެސްޓް ކުރުމަށެވެ.
ޝިންޖިއާން އަކީ ޗައިނާގައި ވީގޫރް މުސްލިމުން އެންމެ ގިނައިން ދިރިއުޅޭ ސަރަހައްދެވެ.
ކަޝްގަރުން ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު މީހުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ނެގެޓިވް ޓެސްޓް އޮންނަ މީހުންނަށް އެކަންޏެވެ. އެ ސިޓީން ޕޮޒިޓިވްވެފައި ވަނީ ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތް ކުރާ އަންހެނެކެވެ. އެއީ ވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހެކެވެ. އެ މީހާ ޕޮޒިޓިވްވެފައި ވަނީ "ރޫޓިން ޓެސްޓެއް" ކުރުމުގެ ތެރޭން ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެފައިވެ އެވެ. ކަޝްގަރުގައި ޓެސްޓް ކުރަން ފެށީ ހޮނިހިރު ދުވަހު އެވެ. އާދިއްތަ ދުވަހުގެ މެންދުރު ފަހާ ހަމައަށް ވަނީ 2.8 އަށް ވުރެ ގިނަ މީހުން ޓެސްޓްކޮށްފަ އެވެ. ބާކީ ތިބި މީހުން ޓެސްޓްކޮށް ނިންމީ އިއްޔެ އެވެ.
ޗައިނާއިން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަލީގެ އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުން ނުހިމަނަ އެވެ. ޗައިނާ އިން މިހާތަނަށް ވަނީ 85،810 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.
ޗައިނާގައި ކޮރޯނާވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވީ ނަމަވެސް ދޭތެރެދޭތެރެއިން ކޭސްތައް ފެނެ އެވެ. ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންޑައޮ އިން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީގެ ނުވަ މިލިއަން މީހުން ވަނީ ފަސް ދުވަހުން މި މަހު ޓެސްޓްކޮށްފަ އެވެ. ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ 11 މިލިއަން މީހުން ވަނީ މެއި މަހު ޓެސްޓްކޮށްފަ އެވެ.
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ޗައިނާގެ ޝިންޖިއާންގެ ހައްގުތަކުގެ މައްސަލަ ބަލަންޖެހޭ
ވީގޫރް މޮޑެލް ހައްޔަރު ކުރުން ޗައިނާ އިން ދިފާއުކޮށްފި
ޗައިނާގެ ޝިންޖިއާންގައި ބަލި ފެތުރި ކުއްލި ހާލަތަށް
ކޭމްޕްތަކުގައި ޗައިނާއިން މުސްލިމުންގެ ސިކުނޑި ދޮވެލަނީ
ޗައިނާގެ ޒިންޖިއާންގައި އެތައް މިސްކިތެއް ތަޅާލައިފި
ޗައިނާގެ ޒިންޖިއާންގައި މިއަހަރު ވެސް ރޯދަ ހިފުން މަނާ
ޝިންޖަންގުގައި ތުނބުޅި ދިގުކުރުމާއި މޫނުބުރުގާ މަނާ
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި