Roadha Mihaaru
ޗައިނާގެ ޝިންޖިއާންގެ ހައްގުތަކުގެ މައްސަލަ ބަލަންޖެހޭ

ޗައިނާގެ ޝިންޖިއާންގެ ހައްގުތަކުގެ މައްސަލަ ބަލަންޖެހޭ: އދ

28 ފެބުރުއަރީ 2021

ޖެނީވާ (ފެބްރުއަރީ 28) - ޗައިނާގެ ޝިންޖިއާން ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަކި ފަރާތަކަށް ޖެހޭ ބަޔަކު ބަލަން ޖެހޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖެނީވާ (ފެބްރުއަރީ 28) - ޗައިނާގެ ޝިންޖިއާން ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަކި ފަރާތަކަށް ޖެހޭ ބަޔަކު ބަލަން ޖެހޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭ ވިދާޅުވެއްޖެ އެވެ.

ބަޗެލޭ ވިދާޅުވީ އެކަމަނާ ޝިންޖިއާންއާ އަށް ވަޑައިގެން އެ ތަނުގެ ހާލަތު ވަޒަންކުރުމާ ގުޅޭ ގޮތުން ޗައިނާއާ އެކު "އެކުވެރި މާހައުލެއްގައި" މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން ބަޗެލޭ ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޗައިނާ އިން އެޅި ފިޔަވަޅުތަކުގެ ކާމިޔާބީ އަށް ތައުރީފް ކުރައްވައިފަ އެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމާއި ގައުމީ ސަލާމަތަށް ކަމަށް ބުނެ އެތައް ބައެއްގެ އަސާސީ ހައްގުތަކަށް ޗައިނާ އިން ހުރަސް އަޅަމުންދާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ހޮން ކޮންގުގެ މުޒާހަރާގައި ބައިވެރިވި ކަމަށް ބުނެ 600 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޝިންޖިއާންގައި މުސްލިމުންނަށް ކުރިމަތިކުރާ އުނދަގޫތަކުގެ މައްސަލަ ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތައް ޖަމާއަތަކުން ފާހަގަކޮށްފަ އެވެ. ޗައިނާ އިން ބުނަމުން ދަނީ ޝިންޖިއާންގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅެނީ އެ މީހުން އިސްލާހު ކުރަން ކަމަށެވެ.

"ޝިންޖިއާން އިން ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު ވީގޫރް ދަރިކޮޅުގެ މީހުންނަށް ކުރިމަތިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް މިނިވަން ފަރާތަކުން ތަހުގީގު ކުރަން ޖެހޭ،" ބަޗެލޭ ވިދާޅުވި އެވެ.

ޝިންޖިއާންންގެ މުސްލިމުންނަށް ދޭ އަނިޔާތައް އެކަމަނާގެ އޮފީހުން ތަހުގީގު ކުރަމުންދާ ކަމަށް ބަޗެލޭ ވިދާޅުވި އެވެ.

ބަޗެލޭ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ޓެކްނިކަލް މިޝަނެއް ޝިންޖިއާން އަށް ފޮނުވުމާ ގުޅޭ ގޮތުން ޗައިނާއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެ މިޝަނަށް ފަހު ބަޗެލޭގެ ދަތުރަށް މަގުފަހިވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.