Roadha Mihaaru
ފިސްތޯލަ މައްސަލައިގެ ތަހުގީގަށް އަދީބާ ސުވާލުކޮށްފި

ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައިގެ ތަހުގީގަށް އަދީބު ހާޒިރުކޮށްފި

28 އޮކްޓޯބަރ 2020

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ފުލުހުން ސުވާލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި ސިއްހީ ހާލު ހުރި ގޮތުން ގޭބަންދުގައި ހުންނެވި އަދީބު ތަހުގީގަށް ހާޒިރުކުރީ، އެނގިފައިވާ ގޮތުގައި، މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރީގައި އޮތް ދަބަހެއްގެ ތެރެއިން ޖެނުއަރީ، 2015 ގައި ފިސްތޯލައަކާއި ތިން ވަޒަނާއި ޕެންޑްރައިވެއް ފެނުނު ކަމަށް ބުނާ މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު ފުލުހުން އެ މައްސަލަ އަލުން ތަހުގީގު ފެށީ، އެ ހުކުމާ ގުޅިގެންނެވެ. އޭގެކުރިން ވެސް ނާޒިމް ވިދާޅުވަމުން ގެންދެވީ، ފިސްތޯލަ އަކީ ބަޔަކު އޭނާ ފްރޭމްކުރަން ގެއަށް ވެއްދި އެއްޗެއް ކަމަށެވެ.

ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި، ފިސްތޯލައިން ވަނީ އަދީބުގެ ޑީއެންއޭ ފެނިފަ އެވެ. އަދީބު ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި، މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިއްޖެ ނަމަ މުހައްމަދު ނާޒިމްގެ މައްޗަށް ރޭވި، ތަމްސީލު ވެގެން ދިޔަ ކަންތަކުގެ ތަފުސީލުތައް ހިއްސާކޮށް ޝަރުއީ ކޯޓަކުން ފައިސަލާ ކޮށްފައިވާ ކަމަކާ ގުޅިގެން، ޝަރުއީ ހަމަތަކުގެ މަތީން، ދިވެހިރާއްޖޭގެ ކޯޓުތަކަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ އެންމެހާ ހަގީގަތްތައް ހާމަކޮށްދިނުމަށް ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ،" އަދީބުގެ ސިޓީގައިވެ އެވެ.

"އަދި މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އާއި ތިން ވަޒަނަކީ މުހައްމަދު ނާޒިމްގެ ތަކެތި ނޫން ކަމާއި މުހައްމަދު ނާޒިމް އަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ."