Roadha Mihaaru
ޕްރިންސް ވިލިއަމަށް ކޮވިޑް ޖެހުމުން ސިއްރުކުރި

ޕްރިންސް ވިލިއަމަށް ކޮވިޑް ޖެހުމުން ސިއްރުކުރި

03 ނޮވެމްބަރ 2020

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ މީގެ ހަތް މަސް ކުރިން ފަރުވާ ހޯއްދެވި ކަމަށާއި އެކަމަކު އުޅުއްވީ އެކަން ސިއްރު ކުރައްވައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ މީގެ ހަތް މަސް ކުރިން ފަރުވާ ހޯއްދެވި ކަމަށާއި އެކަމަކު އުޅުއްވީ އެކަން ސިއްރު ކުރައްވައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަން އިން ބުނެފައިވާ ގޮތުގައި ކޭޓް މިޑްލްޓަންއާ ކައިވެނި ބައްލަވައިގެން ތިން ދަރިން ވެސް ތިބި ވިލިއަމް، 38، އަށް ކޮވިޑް ޖެހިގެން ފަރުވާ ހޯއްދެވީ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާގެ ބައްޕާފުޅު ޕްރިންސް ޗާލްސް އަށް ވެސް މާޗް މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

ވިލިއަމް ކޮވިޑް ޖެހި ފަރުވާ ހޯދެއްވި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން ކެންސިންޓަން ޕެލަސް އިން ވަނީ އެއްވެސް ވާހަކަ ދައްކަން އިންކާރުކޮށްފަ އެވެ.

ސަން އިން ބުނެފައިވާ ގޮތުގައި ބަލި ޖެހިގެން އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތް ނަމަވެސް ބައްޔަށް ޕޮޒިޓިވްވި ވާހަކަ ވިލިއަމް ރަސްމީކޮށް އެއްވެސް މީހަކާ ހިއްސާއެއް ނުކުރައްވަ އެވެ. އަދި ބަލި ސިއްރުކުރެއްވި ސަބަބެއް ކަމަށް މީޑިއާތަކުން ބުނެފައި ވަނީ އެ ވާހަކަ ފެތުރި، މާ ބޮޑު ކަންތައްގަނޑަކަށް ހަދައިގެން އުޅެފާނެތި އެވެ. ވިލިއަމް އެކަހެރިވެވަޑައިގެންނެ ހުންނެވީ ނޯފޯލްކްގައި ހުންނަ އާއިލީ ގެ އެމްނާ ހޯލްގަ އެވެ.

ޕްރިންސް ވިލިއަމާއި އަނބިކަނބަލުން.

ޕްރިންސް ވިލިއަމާއި އަނބިކަނބަލުން.

"އެ ދަނޑިވަޅުގައި ގައުމުގައި ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން ކުރަން ހުރި ކަންކަން މާ ބޮޑުވެފައި، ގައުމުގެ ހާލަތު އޮތް ގޮތުން، ބަލި ޖެހުނު ވާހަކަ ޕްރިންސް ވިލިއަމް ސިއްރުކުރެއްވީ،" ސަން އިން ބުންޏެވެ.

ޕްރިންސް ވިލިއަމާއި ބައްޕާފުޅު ޗާލްސް ފިޔަވައި ޝާހީ އާއިލާގެ އިތުރު ބޭފުޅަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. ވިލިއަމަކީ ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ދެ ދަރިކަލުންގެ ތެރެއިން ދޮށީ ބޭފުޅާ އެވެ. ހަގު ދަރިކަލުން ޕްރިންސް ހެރީ ދިރިއުޅުއްވަނީ އެމެރިކާގެ އަނބިކަނބަލުންނާ އެކު އެ ގައުމުގަ އެވެ.