Roadha Mihaaru
ޝާހީ އާއިލާއާ ހެރީގެ ދެކަނބަލުން "ވަކިކޮށްފި"

ޝާހީ އާއިލާއާ ޕްރިންސް ހެރީގެ ދެކަނބަލުން "ވަކިކޮށްފި"

11 ޖެނުއަރީ 2020

އިނގިރޭސިވިލާތުގެ ލަންޑަންގެ މެޑަމް ޓްސޯޑްގައި ބަހައްޓާފައ ހުރި ޝާހީ އާއިލާގެ ބޭފުޅުންތަކެއް ވެކްސް ސްޓެޗޫތަކުގެ ތެރެއިން ޕްރިންސް ހެރީ އާއި އަނބިކަނބަލުންގެ ސްޓެޗޫ އާއިލާގެ އެހެން ބޭފުޅުންނާ ވަކިކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ލަންޑަންގެ މެޑަމް ޓްސޯޑްގައި ބަހައްޓާފައ ހުރި ޝާހީ އާއިލާގެ ބޭފުޅުންތަކެއް ވެކްސް ސްޓެޗޫތަކުގެ ތެރެއިން ޕްރިންސް ހެރީ އާއި އަނބިކަނބަލުންގެ ސްޓެޗޫ އާއިލާގެ އެހެން ބޭފުޅުންނާ ވަކިކޮށްލައިފި އެވެ.

އެ ދެކަނބަލުންގެ ސްޓެޗޫ ކުރިން ހުންނަނީ ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޓްލްޓަންގެ އިތުރުން ދެ ބޭފުޅުންގެ މާމާފުޅު ރާނީ އެލި ޒަބަތާއި ކާފާފުޅު ޕްރިންސް އެންޑްރޫގެ ސްޓެޗޫތަކުގެ ކައީރީގަ އެވެ. ނަމަވެސް ހެރީ އާއި މޭގަންގެ ސްޓެޗޫ ވަކިކޮށްލިކަން މެޑަމް ޓްސޯޑްސް އިން ޓްވީޓްކުރި ފޮޓޯއަކާ އެކު ވެސް ހިއްސާކޮށްފައިވެ އެވެ.

ބުރާސްފަތި ދުވަހު ހެރީ އާއި މޭގަންގެ ސްޓެޗޫ ޝާހީ އާއިލާގެ އެހެން ބޭފުޅުންނާ ވަކިކުރީ އެ ބޭފުޅުން ޝާހީ ޒިންމާތަކަށް ދުރަށް ވަޑައިގެން، އަމިއްލަ ފައިމައްޗަށް ތެދުވަޑައިގަންނަވާކަން ބުދަ ދުވަހު އިއުލާންކުރައްވާފައި ވަނިކޮށެވެ.

ހެރީގެ ދެކަނބަލުންގެ މި ނިންމެވުމާ ގުޅިގެން ޝާހީ އާއިލާ އިން ވަނީ އެ ނިންމުމާ ދޭތެރޭ ހިތްހަމަނުޖެހޭ ބަހުރަވައަކުން ކުރު ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނެފައި ވަނީ ހެރީގެ ދެ ކަނބަލުންގެ އެ ނިންމެވުމަކީ އެކަށީގެންވާ ވަރަށް މަޝްވަރާކުރުމެއް ނެތި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

މިކަމާ ގުޅިގެން މީޑިއާތަކުގައި އެކި ކަހަލަ ވާހަކަ ދެކެވެމުންދާ އިރު، ހެރީ ޝާހީ އާއިލާއާ ފެއަށް ވަޑައިގަތުމަކީ އާއިލާ ތެރޭގައި ހުރި މައްސަލަތަކާ ގުޅިގެން ހެރީ ނިންމެވި ނިންމުމެއް ކަމަށްވެ އެވެ.

އަދި މިކަމާ އެންމެ ބޮޑަށް ގުޅުވަނީ އެމެރިކާ އަށް އުފަން މޭގަންއާ ޝާހީ އާއިލާ ދޭތެރޭ ހުރި "އަރައިރުންތަކެވެ."