އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ހެކީގެ ގޮތުގައި 70،000 ޓެކްސްޓު މެސެޖު ރައްޔިތުންގެ މަޖިލީހަށް ލިބި، އެ ތަހުގީގު ނުހިންގުނު ކަމަށާއި އެހެންވީމާ އެ ޓެކްސްޓްތައް އާއްމުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
13 އޮކްޓޯބަރ 2020
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ހެކީގެ ގޮތުގައި 70،000 ޓެކްސްޓު މެސެޖު ރައްޔިތުންގެ މަޖިލީހަށް ލިބި، އެ ތަހުގީގު ނުހިންގުނު ކަމަށާއި އެހެންވީމާ އެ ޓެކްސްޓްތައް އާއްމުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތްޕުޅުން ލިބިފައިވާ ފޯނެއްގައި ހުރި އެ ޓެކްސްޓު މެސެޖުތައް މަޖިލީހުގައި ފުރިހަމަ އިންތިޒާމަކުން ރައްކާ ކޮށްފައިވާ ކަމަށެވެ. އެ މެސެޖުތައް މަޖިލީހުން ދިރާސާ ނުކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ބަޔަކު ހިމާޔަތްކުރަން މަޖިލީހުން ވެސް މަސައްކަތް ކުރާ ކަމަށް މެމްބަރަކު ތުހުމަތު ކުރެއްވުމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ބައެއް މީހުންނަށް ކޯޓުތަކާއި މަޖިލީހާއި ސަރުކާރުން ވެސް ހިމާޔަތްދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ. ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭނާ.
"ސިޔާސީ ޕާޓީތަކުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި. ސަރުކާރުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި. މި ރައްޔިތުންގެ މަޖިލީހުން ހިމާޔަތްކުރަން ޖެހޭ މީހުން އެބަތިބި،" އީސާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވުމުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މަޖިލީހުން އެެއްވެސް ބަަޔަކު ހިމާޔަތް ނުކުރާނެ ކަމަށާއި އެ ވާހަަކަ މަޖިލީހަށް ނިސްބަތް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭގެ ޖަވާބުގައި އީސާ ވިދާޅުވީ އެހެން އެކަން އެގޮތަށް ވެއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅު ކަަމަށެވެ.
އޭނާގެ ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމާ ގުޅޭ އެންމެހައި ހެކި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވެއްޖެ ކަމަށެެވެ. އޭގެ އިތުރުން އެ ހުރިހާ މައުލޫމާތެއް، ރިރަފަރެންސް ނަމްބަރު ޖަހާގައި މަޖިލީހުގެ ލައިބްރޭރިއަންގެ އަތުގައި ހުންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަތްދިހަ ހާސް ޓެކްސްޓަށް ރެފަރެންސް ނަމްބަރު ދެވި، މި ތަނުގައި ވާނީ ފައިލް ކުރެވިފައި. އަދި އާއްމުކޮށް، އަޅުގަނޑުމެންނަށް އެ ދިރާސާ މިތަނުން ހިންގަން ދަތިވޭ. އަދި ނުހިންގި މި ވަނީ. ދެން އާއްމުކޮށް، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް މި ދެންނެވި 70،000 ޓެކްސްޓް، އެއީ އަޅުގަނޑުގެ އަތުގައި ހުރި އެއްޗެއް ވީމާ އަޅުގަނޑު އާއްމު ކުރާނަން އެ 70،000 ޓެކްސްޓް،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ދެ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ކުރީގެ ނައިބު ރައީސާއި އެހެެން އެތައް ބަޔަކު ބައިވެރިވެގެން ނެގި މައްސަލަ އެވެ. އެ ޚިޔާނާތުގެ ގިނަ މައުލޫމާތުތަކެއް އަދީބު މިހާރު ވަނީ ތަހުގީގީ އިދާރާތަކަށް ދީފަ އެވެ.
އެމްއެމްޕިއާރުސީގެ މައްސަލަ ނުބަލައިގެން އެމްޑީޕީގެ ގިނަ މެމްބަރުން ފާޑުވިދާޅުވީ އޭސީސީއަށެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަަލައިގެ ބަޔަކަށް ހިމާޔަތްދޭން ބޭނުންވާ ކަމަށް ވިދާޅުވީ އީސާ އެކަންޏެވެ.
އޭނާގެ ވާހަކައަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް ރައްްދު ދެއްވި އެވެ. ހަސަން ވިދާޅުވީ މެމްބަރެއްގެ ހިމާޔަތުގައޭ ކިޔާފަައި މަޖިލީހުން ފޮރުވަން ޖެހޭ ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
އަދީބު ބޭރަށް ފޮނުވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
ނަޝީދު ވަކިކުރުމުގެ އަޑީގައި އޮތީ ސަރުކާރު: ހަސަން
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި