Roadha Mihaaru
އެތުލެޓިކޯ ކުރިއަށް، މެސީ އަރައި ބާސާ މޮޅުކޮށްދީފި

އެތުލެޓިކޯ ކުރިއަށް، މެސީ އަރައި ބާސެލޯނާ މޮޅުކޮށްދީފި

08 ނޮވެމްބަރ 2020

ބާސެލޯނާ (ނޮވެމްބަރު 8) – ކަޑިޒް އަތުން 4-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އެރިއިރު، ލިއޮނަލް މެސީ ދެ ވަނަ ހާފުގައި އަރައި ދެއްކި ކުޅުމާ އެކު ބާސެލޯނާ އިން ރެއާލް ބެޓިސް އަތުން 5-2 އިން މޮޅުވެއްޖެ އެވެ.

ބާސެލޯނާ (ނޮވެމްބަރު 8) – ކަޑިޒް އަތުން 4-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އެރިއިރު، ލިއޮނަލް މެސީ ދެ ވަނަ ހާފުގައި އަރައި ދެއްކި ކުޅުމާ އެކު ބާސެލޯނާ އިން ރެއާލް ބެޓިސް އަތުން 5-2 އިން މޮޅުވެއްޖެ އެވެ.

އެތުލެޓިކޯ އެއް ވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ރެއާލް ސޮސިއެޑާޑް އެވެ. ތާވަލުގެ ތިން ވަނައިގައި ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެން އޮތީ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. މިރޭ ވެލެންސިއާ އަތުން މޮޅުވެގެން ރެއާލަށް އެއް ވަނަ އަށް އެރޭނެ އެވެ. ބާސެލޯނާ އޮތީ ހަތް މެޗުން 11 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކަޑިޒްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި ޔޮއާ ފެލިކްސް ދެ ގޯލް ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މާކޯސް ލޮރެންޓޭ އާއި ލުއިސް ސުއަރޭޒެވެ.

ރެއާލް ބެޓިސްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ކޯޗު ރޮނާލްޑް ކޫމަން މެޗު ފެށީ މެސީ ބެންޗުގައި ބައިންދައިގެންނެވެ. ބާސެލޯނާ އަށް 22 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. އޭގެ ފަހުން 33 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ އެންޓޮއިން ގްރިޒްމަން އަތުން ބޭކާރުވީ އެވެ. ނަތީޖާއަކަށްވީ ފަހު މިނެޓުގައި ބެޓިސްގެ އެންޓޯނިއޯ ސަނަބްރިއާ އެއްވަރުކުރުމެވެ.

ބާސެލޯނާ ދެ ވަނަ ހާފުގައި މެސީ އަރުވީ އަންސޫ ފަޓީ އަށް އަނިޔާވުމުން ބަދަލުގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ގްރިޒްމަން ބާސެލޯނާ އަށް އަލުން ލީޑު ނަގައިދިނެވެ. އަދި 61 ވަނަ މިނެޓުގައި ބެޓިސްގެ ކުޅުންތެރިއަކަށް ރަތްކާޑެއް ދައްކައި ބާސެލޯނާ އަށް ދިން ޕެނަލްޓީ މެސީ ކާމިޔާބުކުރި އެވެ. އޭގެ ފަހުން ބެޓިސް އިން ލަނޑެއް ޖަހާފައި އޮއްވާ ބާސެލޯނާގެ އަނެއް ދެ ގޯލް ޖެހީ މެސީ އާއި ޕެޑްރީ އެވެ.

"މެސީ ކިއޭވް މެޗު ނިންމާލީ މައްސަލަތަކާ އެކު. އޭނާ ހުރީ މި މެޗުގެ ފުރަތަމަ ހާފު ކުޅެވޭ ފަދަ ހާލަތެއްގައެއް ނޫން،" ބާސެލޯނާގެ ކޯޗު ކޫމަން ބުންޏެވެ.