އަވަށްޓެރި ސްރީލަންކާ އަށް އެތެރެނުކުރެވި އެ ގައުމުުގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާ އަށް އެތެރެކޮށްފި އެވެ.
14 ނޮވެމްބަރ 2020
އަވަށްޓެރި ސްރީލަންކާ އަށް އެތެރެނުކުރެވި އެ ގައުމުުގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓް ލަންކާ އަށް އެތެރެކޮށްފި އެވެ.
އެ ގައުމުގެ ސަރުކާރު މިދިޔަ އަހަރު ބަދަލުވުމާ އެކު ހެދި ސިޔާސަތުގެ ދަށުން އެ ގައުމުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިން ބާނާ މަހުގެ ބާވަތްތައް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. މިކަން ތަންފީޒުކުރަން ފެށީ މި އަހަރު އެވެ.
އެ އުސޫލުގެ ސަބަބުން ލަންކާ އަށް އެތެރެ ނުކުރެވި ގިނަ އަދަދެއްގެ މަސް ކަސްޓަމްގައި ތާށިވެ އެއްބައި އުކާލަން ޖެހުމުގެ ޝަކުވާ ވެސް މަސްވެރިންކޮށްފައި ވެއެވެ. ފޮރިން މިނިސްޓްރީން ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓުތައް އެ ގައުމަށް އެތެރެކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ދިވެހިން ބާނާ މަސް ލަންކާ އަށް އެތެރެކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އެގައުމުގެ އިސްވެރިންނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެ ގައުމަށް މަސް އެތެރެ ނުކުރެވޭ ގޮތަށް އުސޫލު ހަދާ ތަންފީޒު ކުރަން ފެށިފަހުން ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ދިވެހިން ބާނާ މަސް އެތެރެކުރުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެ ކަމުގެ ޔަގީންކަން އެ ގައުމު ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުން ރާއްޖެ އިސްތިސްނާކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
މަސްވެރިންނަށް މި މައްސަލަ ކުރިމަތިވެ އެކަމުގެ ޝަކުވާކުރުމުން ވެސް ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ބާނާ މަސް އެތެރެނުކުރެވޭނެ ކަން އެ ގައުމުގެ ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ.
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ރާއްޖެ އިން މީޑިއާއަށް ޖަވާބުދާރީވީ ގޯޓާބަޔާ ފުރުމުން!
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު ފާޑުކިޔައިފި
ލަންކާ އަށް ރާއްޖޭން މަސް އެކްސްޕޯޓްކުރެވޭނެ
"ލަންކާއަށް މަސް އެތެރެކުރަން ހުރަހެއް ނެތް"
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި
ލަންކާގެ ވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި
އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝަށް ބިން ދީފި
ލުތުފީގެ މައްސަލައިގައި އެންމެ ފަހުން ބަޔާނެއް ނެރެފި
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް