16 ނޮވެމްބަރ 2020
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅުނު ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވީ ކޭން ބީ ހީރޯސް" ގެ ލުކްތަކެއް ދައްކާލައިފި އެވެ.
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅުނު ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވީ ކޭން ބީ ހީރޯސް" ގެ ލުކްތަކެއް ދައްކާލައިފި އެވެ.
ފިލްމުތަކުގެ މަންޒަރުތަކުން ޕްރިޔަންކާ ސޯޝަލް މީޑިއާގައި ހިއްސާކުރި ތިން ފޮޓޯގައި އޭނާ ހުންނަނީ ބޮބް ކަޓެއްގަ އެވެ. އިސްތަށިގަނޑުގައި ގަދަ މުށިކުލަ އެވެ. މިކަހަލަ ލުކެއްގައި މީގެ ކުރިން ވެސް ޕްރިޔަންކާ ފެނިފައިވެ އެވެ. އެއީ 2010 ގެ ފިލްމު "ޕިޔާރު އިމްޕޮސިބަލް" އާއި 2009 ގެ "ވަޓްސް ޔޯ ރާޝީ؟" އިންނެވެ.
"ވީ ކޭމް ބި ހީރޯސް" އަކީ ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރޮބަޓް ރޮޑްރިގޭޒް ހަދާފައިވާ ފިލްމެކެވެ. އޭނާ ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސްޕައި ކިޑްސް" ގެ ފިލްމުތަކާއި "ސިން ސިޓީ" ގެ ފިލްމުތައް ހިމެނެ އެވެ. ރޮބަޓް އެންމެ ފަހުން ގެނެސް ދިނީ މިދިޔަ އަހަރުގެ ސައިންސް ފިކްޝަން ހޮރޯ ފިލްމު "ރެޑް 11" އެވެ.
އޭނާ 2005 ގައި ގެނެސްދިން "ދި އެޑްވެންޗާޒް އޮފް ޝާކްބޯއި އެންޑް ލާވާގާލް 3-ޑީ" ގެ ސީކްއެލްއެއްގެ ގޮތުގައި ގެނެސްދޭ "ވީ ކޭން ބީ ހީރޯސް" ގައި ޕްރިޔަންކާއާ އެކު ބޮޑު ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ކްރިސްޓިއަން ސްލޭޓާ އާއި ޕެޑްރޯ ޕާސްކަލް އާއި ސަންގް ކޭންގް އަދި ބޮއިޑް ހޮލްބްރޫކް ހިމެނެ އެވެ.
"ވީ ކޭން ބީ ހީރޯސް" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ ޖެނުއަރީ 1 ގައި ނެޓްފްލިކްސް އިންނެވެ.
އެންމެ ފަހުން މިދިޔަ އަހަރު ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިން ފެނިގެން ދިޔަ ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ގެނެސްދޭ "ވައިޓް ޓައިގާ" އިންނެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ހޮލީވުޑް ފިލްމަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ.
ޕްރިޔަންކާ އަށް ނެޓްފްލިކްސްގެ ސުޕަހީރޯ ފިލްމެއް
ޕްރިޔަންކާގެ "ވީ ކޭން ބީ ހީރޯސް" ގެ އިތުރު ބައެއް
ޕްރިޔަންކާގެ "ވައިޓް ޓައިގާ" އިން މަންޒަރުތަކެއް
ޕްރިޔަންކާ އާއި ރާޖް ނެޓްފްލިކްސްގެ ފިލްމަކަށް
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
"ޖޯކާ 2" ބޮޑު ފްލޮޕަކަށް ވެއްޖެ
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް