Roadha Mihaaru
ޕްރިޔަންކާގެ "ވައިޓް ޓައިގާ" އިން މަންޒަރުތަކެއް

ޕްރިޔަންކާ ޗޯޕްޅާގެ "ވައިޓް ޓައިގާ" އިން މަންޒަރުތަކެއް

16 އޮކްޓޯބަރ 2020

ޕްރިޔަންކާ ޗޯޕްޅާ އާއި ރާޖްކުމާރު ރާއޯ މުހިއްމު ރޯލްތަކެއް ކުޅެފައިވާ ފިލްމު "ދަ ވައިޓް ޓައިގާ" ގެ މަންޒަރުތަކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިޔަންކާ ޗޯޕްޅާ އާއި ރާޖްކުމާރު ރާއޯ މުހިއްމު ރޯލްތަކެއް ކުޅެފައިވާ ފިލްމު "ދަ ވައިޓް ޓައިގާ" ގެ މަންޒަރުތަކެއް ދައްކާލައިފި އެވެ.

އަންނަ ޑިސެމްބަރު މަހު ނެޓްފްލިކްސް އން ސްޓްރީމްކުރާނެ ކަމަށް ބެލެވޭ މި ފިލްމަކީ ހަމަ އެ ނަމުގައި 2008 ގައި ގެނެސްދީގެން މޭން ބުކާ ޕްރައިޒް ހޯދާފައިވާ އަރުވިންދު އަޑީޖާގެ ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "ދަ ވައިޓް ޓައިގާ" އިން ޕްރިޔަންކާ އާއި ރާޖްގެ އިތުރުން އާދާޝް ގޯރަވް ވެސް ވަރަށް މުހިއްމު ރޯލަކުން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކުރީ "ޗޮޕް ޝޮޕް" އާއި "99 ހޯމްސް" ގެ އިތުރުން "ފެރެންހައިޓް 451" ފަދަ ފިލްމުތައް ގެނެސްދިން އިރާން ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރު ރާމިން ބަހްރާނީ އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ވުރެ ބޮޑަށް މިހާރު ހޮލީވުޑްގެ ޕްރޮޖެކްޓްތަކަށް އިސްކަން ދޭ ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.

އޭނާގެ އެންމެ ފަހުން ފެނިފައިވާ ހޮލީވުޑް ފިލްމަކީ މިދިޔަ އަހަރު ކުރީކޮޅު ރިލީޒްކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ. ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ވީ ކޭމް ބީ ހީރޯޒް" ގެ އިތުރުން "މެޓްރިކްސް 4" ހިމެނެ އެވެ.