ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަދު ފަށައިފި އެވެ.
16 ނޮވެމްބަރ 2020
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަދު ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވާޗުއަލްކޮށް ބާއްވާ މުބާރާތުގެ ފުރަތަމަ ބުރު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 28 ގެ ނިޔަލަށް ކަމަށެވެ. ފައިނަލް ބުރު ކުރިއަށް ދާނީ އަންނަ މަހުގެ 13-17 ވަނަ ދުވަހާ ހަމައަށެވެ.
އެ މުބާރާތުގައި ބައިވެރިވެވޭނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ. އެއަށްފަހު އޮޑިޝަން ބުރަށް ހުށަހަޅާ ވީޑިއޯގެ މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާންޖެހޭނެ ކަމަށާއި އެހެން ނޫނީ އެ ކިޔެވުމެއް ޑިސްކޮލިފައި ކުރާނެ ކަމަށް އުސޫލުގައިވެ އެވެ.
އަށް އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގެ އުމުރުފުރައިގަ އެވެ. އެއީ ދިގު ރާގަށް ކިޔެވުމާއި ކުރު ރާގަށް ކިޔެވުމުގެ ކެޓަގަރީ އެވެ.
ކިޔަވާ ބައިގެ ދިގުމިން 10 ފޮޅުވަތަށް ވުރެ ދިގުވާން ޖެހޭނެ އެވެ.
ވާޗުއަލް ގުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގުރުއާން މުބާރާތް ވާޗުއަލްކޮށް ބޭއްވުމުން، ކޮވިޑް-19 ކުރިމަތިވެފައިވާ މި ހާލަތުގައި ރާއްޖޭގެ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ، ގުރުއާނަށް ލޯބިކުރާ، އޭގައި އަންގާފައިވާ ގޮތަށް އަމަލުތައް ބައްޓަންކޮށް އެކަކު އަނެކާއަށް ހެޔޮކޮށް ހިތުމަށް ގޮވާލައްވައިފަ އެވެ.
ސަރުކާރުން މަސައްކަތްކުރަނީ ދިވެހި ޅަދަރީން ތަރުބިއްޔަތުކުރުމުގައި ވެސް ދީނީ ކަންކަމަށް އަހުލުވެރިކޮށް ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ގުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވާނީ 80 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ބައިވެރިންނެވެ. ފައިނަލް ބުރަށް ހޮވާނީ ކޮންމެ އުމުރުފުރާއަކުން ވެސް ދެ ޖިންސު ވަކިން އަދި ކޮންމެ ކެޓަގަރީއަކުން މަތިން މާކްސް ހޯދާފައިވާ ބައިވެރިންގެ ތެރެއިން 25 ބައިވެރިންނެވެ.
ގުރުއާން މުބާރާތުގެ ރަންވަނަ ޝާޔާ، ޝަބާ، ޝައިމްއަށް
ރައީސް އެދިވަޑައިގަތީ ދެނަމާދު ދޭތެރޭ ކިޔަވަން ފަށަން
ގުރުއާން މުބާރާތުގެ އެއް ވަނަ އަށް 75،000ރ.
ރާއްޖޭގައި މިވަގުތު 284 ހާފިޒުން އެބަތިބި
ގުރުއާނާބެހޭ މަރުކަޒުގެ ގޮފި ހުރިހާ ރަށެއްގައި ހަދަނީ
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ހާފިޒުންގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށްފި
ހާފިޒުންގެ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް
ގުރުއާން ކްލާސްރޫމު ހިމެނޭހެން ވިލިމާލޭގައި މިސްކިތެއް
ޚަތީބުންގެ ކޯހުގައި 50 ކައުންސިލަރުންނަށް ފުރުސަތު