ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަނީ ދައުލަތުގެ ގެރެންޓީތަކުގެ އަގެއް ނެތުމުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
17 ނޮވެމްބަރ 2020
ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަނީ ދައުލަތުގެ ގެރެންޓީތަކުގެ އަގެއް ނެތުމުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް އާމްދަނީ ހޯދަން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ބޭރުގެ ފަރާތްތަކަށް ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ސަރުކާރުން އިން ބުނެފައިވަނީ ސުކޫކު ވިއްކިޔަސް، ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ސުކޫކު ވިއްކަނީ ކަމަށް ބުނެ ސަރުކާރުން ހަގީގަތް އޮޅުވާލަނީ ކަމަށާއި އެއީ ނަގާ ލޯނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ކުރަނީ މާލީ ހާލަތު ރޭޓްކުރާ ބޭރުގެ އިދާރާތަކުން ރާއްޖެއަށް ދިން ރޭޓިންތަކާ ގުޅިގެން ދައުލަތުން ދޭ ގެރެންޓީތަކުގެ އަގު ދަށްވުމުން ކަމަށާއި އެކަން ސަރުކާރަށް ވެސް އެނގޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
"މިއީ ހަމަ ސީދާ ލޯނު މި ނަގަނީ. މިހާރު ވެގެން މި އުޅޭ ގޮތަކީ ފިޗާއި އެހެން ތަންތަނުން ރޭޓިން ހަދާއިރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޖަހާ ތަތްގަނޑު ބޭރު ދުނިޔޭގައި ދަރަނި ނަގަން ގަބޫލު ނުކުރާ އެއްޗަކަށް ވީ." ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މިހާރު ކަންކަން ހިނގަމުންދާ ގޮތުން ދެ އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓްވާނެ ކަމަށާއި ސުކޫކު ވިއްކަނީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ވެސް އެފަދަ ބަޖެޓެއް ކަމަށާއި ބަޖެޓް ހަދާފައިވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދަޅައެއް ދައްކަން ކަމަށާއިި ސަރުކާރުން މަސައްކަތް ކުރަނީ ގައުމު ދަރަނިވެރި ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިދާ ގޮތަށް މި ބަޖެޓް ފާސް ކޮށްގެން ދެ އަހަރު ގެންގޮސްފި ނަމަ 2023 ވަނަ އަހަރު އިއުލާން ކުރަން ޖެހެނީ ރާއްޖެ ބަނގުރޫޓްވެގެން. ދިވެހިރާއްޖެ ޑިފޯލްޓަށް ދާނެ އެއީ ޔަގީން ކަމެއް." ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު އިގްތިސާދު ކުރިއަރާނެ ކަމަށް ސަރުކާރުން ބުންޏަސް، ރައްޔިތުން އަދިވެސް ތިބީ ހާލުގައި ޖެހިފައި ކަމަށާއި އެތައް ބައެއްގެ ވަޒީފާ ގެއްލި އަދި ޑޮލަރުގެ އަގު މައްޗަށް ގޮސް އަދި މަހުގެ އަގު ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓުން 268 މިލިއަން ރުފިޔާ ހޯދަން އަމާޒު ހިފައިފި
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ކުއްޔަށް 178 މިލިއަން، އެމްބަސީތައް އެންމެ ކުރީގައި
ބަޖެޓުން މަޖިލީސް މެންބަރުންނަށް 111 މިލިއަން
އަންނަ އަހަރުގެ އާމްދަނީގެ ސިޔާސަތަށް ބަދަލެއް ނެތް
"ބަޖެޓު ފައިނޭންސިންއަށް 26.3 ބިލިއަން ހޯދަންޖެހޭ"
2026ގައި އިގުތިސާދީ ދުވެލި 5.3ޕަސެންޓް ކުރިއަރާނެ