Roadha Mihaaru
ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތް ކެންސަލް

ޔާމީންގެ އެދިވަޑައިގަތުމަށް ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

18 ނޮވެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން މިިއަދު ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން މިިއަދު ކެންސަލްކޮށްފި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު އެ އަޑުއެހުން ކެންސަލްކުރީ މޫސުން ހުރިގޮތުންނާއި ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ދަތުރުފަތުރު އުޒުރުވެރިވެ ވަޑައިގަންނަވާތީ އަޑުއެހުން ކެންސަލް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ޔާމީންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަނީ މަނީ ލޯންޑްރިންގެ އެހެން ކުށެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮޮށްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.