Roadha Mihaaru
ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

18 ނޮވެމްބަރ 2020

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރާ ކަމަށެވެ.

ޝަހީބު ޖަލު ބަންދުގައި ޝަރީއަތް ނިމެންދެން ބަހައްޓަން ކުރި އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި އެބަހުރި ކަމަށެވެ. ޝަހީބު ބަންދުކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރުކުރީ އޭނާގެ ފޯނު އެކްސްޓްރެކްޝަން ރިޕޯޓާއި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އާންމުން ހަތަރު މީހެއްގެ ހެކިބަހަށް ބަލައިފަ އެވެ. ހުށަހެޅި ފޯނު އެކްސްޓްރެކްޝަން ރިޕޯޓުން، މަސްތުވާތަކެތި އުފުލި ދޯނީގެ ވެރިމީހާއާ މުއާމަލާތްކުރިކަން އެނގޭކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އިދިކޮޅު ޕީއެންސީ ކައުންސިލް މެމްބަރަކަށް ހުރި ޝަހީބްގެ އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މައްސަލާގައި ޝަހީބް ހައްޔަރު ކުރުމުން ޕީއެންސީގެ ކައުންސިލް ހަރަކާތްތަކުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.