03 ނޮވެމްބަރ 2016
ސައިންސްވެރިން ވިސްނާ ގޮތުގައި މަރުވެފައިވާ އިންސާނުން ޖައްވަށް ފޮނުވުމުން ކައުނުގެ އެކި ހިސާބުތަކުގައިވާ "ލިވިން އޯގަނިޒަމްސް" މައްޔިތާގެ ކައިރިއަށް ޖަމާވެ، އާ ދިރުމެއް އުފެދުމުގެ ފުރުސަތު އެބަ އޮތެވެ.
ސައިންސްވެރިން ވިސްނާ ގޮތުގައި މަރުވެފައިވާ އިންސާނުން ޖައްވަށް ފޮނުވުމުން ކައުނުގެ އެކި ހިސާބުތަކުގައިވާ "ލިވިން އޯގަނިޒަމްސް" މައްޔިތާގެ ކައިރިއަށް ޖަމާވެ، އާ ދިރުމެއް އުފެދުމުގެ ފުރުސަތު އެބަ އޮތެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ޖައްވުގައި ކުނިނުވެ ބާއްވަން ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭނެ އެވެ. ފުރަތަމަ ކަމަކަށް، ހަށިގަނޑު މާބޮޑަށް ގަނޑުވާ ވަރުގެ ފިނީގެ ތެރޭގައި ބާއްވަން ޖެހެ އެވެ. މާ ހޫނުވެގެން ވެސް ނުވާނެ އެވެ. ހަށިގަނޑުގައި ކޮންމެހެން ވެސް ފެނާއި ލޭ ހުންނަން ޖެހޭނެ އެވެ. ދިރޭ އޯގަނިޒަމްސް ޖައްވުގެ މާހައުލުގައި އާއްމުކޮށް މަރުވާނެ އެވެ. ނަމަވެސް މަރުވެފައިވާ ހަށިގަނޑެއްގައި އެސްޓްރޮނޯޓުން ލާ ކަހަލަ ހެދުމެއް އަޅުވައިފި ނަމަ އެ ހަށިގަނޑު ހަލާކު ނުވެ އޮތުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
މަރުވެފައިވާ ހަށިގަނޑެއް ޖައްވަށް ފޮނުވުމުން އާ ދިރުންތަކެއް އުފެދިދާނެ ކަމަށް ބައެއް ސައިންސްވެރިން ގަބޫލުކުރަނީ ހަށިގަނޑު ހަލާކުވަމުންދާ ވަރަކަށް އެއިން މޮލެކިއުލްސް ރިލީޒްވާނެތީ އެވެ. އެހިސާބުގަނޑުގެ ތިމާވެށީގެ ހާލަތަކީ ދިރުމެއް އުފެދެން ރަނގަޅު މާހައުލެއް ނަމަ އެ މޮލެކިއުލްސްތަކުން އެތަނުގައި މުޅިން އާ ދިރުންތަކެއް އުފެދިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ސައިންސްވެރިން ބުނެ އެވެ. ނަމަވެސް މިކަމަށް ބޭނުންވާ މުހިއްމު ބައެއް ބައިތައް ޖައްވުގައި ނެތް ނަމަ މިކަން ކާމިޔާބެއް ނުވާނެ އެވެ.
ލޫޒިއާނާގެ މައިކްރޮބައިލޮޖިސްޓް ގެރީ ކިންގް އެސްޓްރޮނޮމީ ޑޮޓް ކޮމް އަށް ވިދާޅުވެފައިވާ ގޮތުގައި ޖައްވުގައި ސަލާމަތުން އުޅެވިދާނެ ބައެއް ބެކްޓީރިއާތައް އެބަހުއްޓެވެ. އެގޮތުން މައިކްރޯބްސްގެ ތެރޭގައި ހިމެނޭ ޑައިނޯކޮކަސް ރޭޑިއޯޑޫރާންސް ކަހަލަ މައިކްރޯބްސް ވެސް ސަލާމަތް ވެދާނެކަމަށް ގަބޫލުކުރެވެ އެވެ. މި ވައްތަރު މައިކްރޯބްސް އަކީ ފެނުގެ ލެވެލް މަދުވެފައި އަޔޮނައިޒިން ރޭޑިއޭޝަން ވަރަށް މައްޗަށް ހުއްޓަސް ސަލާމަތްވާ އެއްޗެކެވެ.
ޖައްވަށް ހަށިގަނޑު ފޮނުވަން ނަގާ ވަގުތު ވެސް ވަރަށް މުހިންމެވެ. ކިންގް ވިދާޅުވާ ގޮތުގައި ހަށިގަނޑު ދަތުރުކުރަނީ އާދައިގެ ސެޓެލައިޓެއް ދަތުރުކުރާ ރޭޓްގައި ކަމަށްވާ ނަމަ އެހެން ތަރިތަކުގެ ކާއިނާތަކަށް ހަށިގަނޑު ދަތުރުކުރަން 4.2 އަލި އަހަރު ނަގާނެ އެވެ. ނަމަވެސް ޖައްވުގައި ހަށިގަނޑު ދަތުރުކުރާ ވަގުތު އިތުރުވާ ވާވަރަކަށް މައިކްރޯބްސްތައް ސަލާމަތްވުމުގެ ފުރުސަތު ހަނިވަމުން ދާނެ އެވެ. ނަމަވެސް ކިންގް ވިދާޅުވަނީ ބައެއް ކަހަލަ އޯގަނިޒަމްސްތަކަށް މަތީ ލެވެލްގެ ރޭޑިއޭޝަންގައި ވެސް ސަލާމަތްވެވޭނެ ކަމަށެވެ. މިއީ ކުރެވިދާނެ ކަމެއް ކަމަށް އޭނާއަށް ގަބޫލު ކުރެއްވެނީ މިހެންވެ އެވެ.
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ހިމާޔަތް ލިބިދާނެ
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
ވަކި ބަޔަކަށް ކޮރޯނާވައިރަސް ނުރައްކާ ސަބަބު ހޯދަނީ
ވަސް ނުދުވުމާއި ރަހަ ނުލުން: ކޮރޯނާވައިރަހުގެ ނިޝާނެއް
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ
ކެނަބިސް އިން ޓެސްޓިކިއުލާ ކެންސަރުގެ ނުރައްކާ ބޮޑުވޭ
ލިޔަންކިޔަން އެނގޭ ނަމަ ހަނދާންނެތޭ ބައްޔާ ދުރުކޮށްދޭ