Roadha Mihaaru
ރިވައިވް ފިޓްނަސް: ހުރިހާ ކަމެއް އަންހެނުންނަށް ހާއްސަ

ރިވައިވް ފިޓްނަސް: ހުރިހާ ކަމެއް އަންހެނުންނަށް ހާއްސަ

02 ޖޫން 2016

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް ވުން އެއީ އެންމެން ވެސް ދެކޭ ހުވަފެނެކެވެ. އެކަމަކު، ގިނަ މީހުންނަށް އެކަން އޮންނަނީ ނުވެފަ އެވެ. ތަންކޮޅެއް ކަންނެތް ވަނީ އެވެ. އުފުލަންޖެހޭ ތަކުލީފު ވެސް މާ ބޮޑު ވަނީ އެވެ. ފަތިހު ހޭލައިގެން ދުވަން ދާން ބޮޑު ކަމަކަށް ވަނީ އެވެ. ޖިމަށް ގޮސް، ކުރަންޖެހޭ ކަސްރަތުތައް އެއީ އަދި އެ އަށް ވުރެ ވެސް ބުރަ ކަމެކެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މި ހުރިހާ ކަމެއް އަންހެނުން މާ ބޮޑަށް ތަހައްމަލް ކުރަން ޖެހެ އެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ކަމާކަންފަށައި ކަސްރަތު ކުރާކަށް ގިނަ އަންހެނުންނަކަށް ނުދެވެ އެވެ. ދުވަން ނުކުމެއްޖެ ނަމަ މީހުން ފޮށޭނެ ކަމުގެ ބިރު އޮވެ އެވެ. އަންހެނުންނަށް ހާއްސަ ޖިމްތައް މާލޭގައި މަދުވުމުގެ ސަބަބުން ކޮންމެ ކޮންމެ ތަނަކަށް ކަސްރަތު ކުރަން ދާން ޖެހިލުން ވެސް ވެ އެވެ.

ނަމަވެސް މި ހުރިހާ މައްސަލަތަކަކަށް މިހާރު ހައްލެއް ލިބިއްޖެ އެވެ. އެއީ މުޅިން އަލަށް ހުޅުވި ރިވައިވް ފިޓްނަސް ސެންޓަރެވެ.

ރިވައިވް ފިޓްނަސް ސެންޓަރުގައި ހުންނަ ބައެއް އިކުއިޕްމަންޓް: މިއީ މަޝްހޫރު ފިޓްނަސް ބްރޭންޑް "ލެސްމިލްސް"ގެ އިކުއިޕްމަންޓް. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ރިވައިވް ފިޓްނަސް ސެންޓަރުގައި ހުންނަ ބައެއް އިކުއިޕްމަންޓް: މިއީ މަޝްހޫރު ފިޓްނަސް ބްރޭންޑް "ލެސްމިލްސް"ގެ އިކުއިޕްމަންޓް. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

މިއީ ޖިމެއް ނޫނެވެ. އާއްމުކޮށް ޖިމްތަކުން ފެންނަ ބޮޑެތި އާލާތްތައް މި ތަނަކު ނުހުރެ އެވެ. އޭގެ ބަދަލުގައި މި ތަން ހާއްސަކޮށްފައި ވަނީ ކްލާސްތަކަށެވެ. ކަސްރަތުގެ އެކި ވައްތަރުތަަކަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ކަމުދާނެ ކަހަލަ ހުރިހާ ކްލާސްތަކެއް މި ތަނުން ހިންގަ އެވެ. ބަރުދަން ލުއިކުރަން ބޭނުންވާ މީހުން ކުރަންޖެހޭ ކަސްރަތުތަކުގެ އިތުރަށް ހަށިގަނޑު އެއްވަރެއްގައި ބަހައްޓަން މަރުދޭ މީހުންނަށް ވެސް މި ތަނުން ހިދުމަތް ދެ އެވެ.

"އަޅުގަނޑުމެންގެ ސްޓޫޑިއޯގައި ނަގައިދޭ ކްލާސްތަކުގެ ތެރޭގައި ލެސްމިލްސް ޒުމްބާ، ސްޓެޕް އެރޮބިކްސް، ބޮޑީ ޕަމްޕް އަދި ކުޑަކުދިިންނަށް ހާއްސަ ޒުމްބާ ކްލާސްތައް ހިމެނޭ. މި ކްލާސްތައް ނަގައިދެނީ ލެސްމިލްސްގެ އިންޓަނޭޝަނަލް ކޮލިިފިކޭޝަން ލިބިފައި ހުރި ޓްރެއިނަރުން،" ރިވައިވްގެ މެނޭޖަރު ނޫރާ އިބްރާހިމް ވިދާޅުވި އެވެ.

މި ކްލާސްތައް ހިންގަނީ ޖާގައިގެ ގޮތުން މާލޭގައި ހުރި އެންމެ ބޮޑު އެއް ފިޓްނަސް ސްޓޫޑިއޯގަ އެވެ. ސްކޫލެއްގެ ކްލާސްރޫމަކަށް ވުރެ މި ތަނުގެ ޖާގަ ބޮޑެވެ. ކޮންމެ ޒުމްބާ ކްލާހެއްގައި 45 މީހުންނަށް ބައިވެރިވެވެ އެވެ. ބޮޑީ ޕަންޕް ކްލާހެއް ނަމަ 25 މީހުންނަށް ބައިވެރިވެވެ އެވެ. މިއީ ނިސްބަތުން މާލޭގެ މަދު ތަނެއްގައި ނޫނީ ނުފެންނަ ވަރުގެ ބޮޑު ޖާގައެކެވެ. ކަސްރަތު ކުރުމުން ހަށިގަނޑަށް ލިއްބައިދޭ ލުއި ކަމާ އެއްވަރަށް ބޮޑު ތަނެއްގައި، ހަމަޖެހިލައިގެން ކަސްރަތު ކޮށްލުމުގެ ހިތްހަމަޖެހުން، ސިނަމާލެ ފްލެޓުތަކުގެ ފުރަގަހުން ގ. ގުރަހައިގައި ހުންނަ ރިވައިވް ފިޓްނަސް ސެންޓަރުން ލިބެ އެވެ.

ރިވައިވް ފިޓްނަސްގެ ލޮކާ ރޫމް: މިއީ އަންހެނުންނަށް ހާއްސަ، ވަރަށް ޕްރައިވެޓް ތަނެއް. -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ރިވައިވް ފިޓްނަސްގެ ލޮކާ ރޫމް: މިއީ އަންހެނުންނަށް ހާއްސަ، ވަރަށް ޕްރައިވެޓް ތަނެއް. -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ރިވައިވްގެ މެމްބަރުންނަށާއި އާންމުންނަށް ވެސް އެ ސްޓޫޑިއޯ އިން "ޑިޓޮކްސް ވޯޓާ" ވިއްކަ އެވެ. ކޮންމެ ދުވަހަކު ވެސް ދެ ރަހައެއްގައި ލިބެން ހުންނަ މި ބުއިމަކީ ކަސްރަތު ކުރާ އިރު ފަސޭހައިން ސަރުބީ ވިރުވައިދޭ ބުއިމެކެވެ.

ނަން ހުސްކޮށް މާލޭގައި ޖިމްތައް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ތަންތަނުން ފިޓްނަސް ކްލާސްތައް ވެސް ހިންގަ އެވެ. ޒުމްބާ އާއި ބޮޑީޕަމްޕާ މި ނޫން ވެސް ތަފާތު ކްލާސްތައް ކޮންމެވެސް ސިފައެއްގައި ނަން މަޝްހޫރު ހުރިހާ ޖިމްތަކެއްގައި ކަހަލަ ގޮތަކަށް ހުރެ އެވެ. އެކަމަކު، ގިނަ ތަންތަން ހާއްސަ ކޮށްފައި ވަނީ ފިރިހެނުންނަށެވެ. ދެ ޖިންސުގެ މީހުންނަށް ދެވޭ ގޮތަށް ބައެއް ޖިމްތަކާއި ކްލާސްތައް ބައްޓަން ކޮށްފައި ވިޔަސް ގިނަ ފަހަރަށް އެ ތަންތަން ފުރާލާފައި އޮންނަނީ ފިރިހެނުންނެވެ.

އެކަމަކު، ރިވައިވް ފިޓްނެސް ސެންޓަރަކީ އަންހެނުންނަށް ހާއްސަ، އަންހެނުންގެ ފިޓްނަސް ސެންޓަރެކެވެ. އަންހެނުންނަށް ހާއްސަކޮށްފައިވާ ބައެއް ޖިމްތަކަށް ފިރިހެނުން ވަދެ ނުކުމެ ހެދިޔަސް، މި ތަނުގެ ހަތަރު ފާރު ތެރޭގައި އަންހެނަކަށް ނޫނީ ނުހުރެވޭނެ ކަމުގެ ޔަގީންކަން އެ ތަނުން ދެ އެވެ. އެއްވެސް ހާސް ކަމެއް ނެތި ކަސްރަތު ކޮށްލާ ނިންމާލެވޭނެ ކަމުގެ އިތުބާރާއި ޔަގީންކަން މި ތަނަށް ވަންނަ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.

"ރިވައިވް އަކީ ވަރަށް ޕްރައިވެޓް ތަނެއް. މިތަނުގެ މައި ދޮރުން އެއްވެސް ފިިރިހެނަކަށް ނުވަދެވޭނެ" ނޫރާ ވިދާޅުވި އެވެ.

ރިވައިވްގެ މެމްބަރުންނަށް ރޯދަ ހަދިޔާތަކެއް

ރިވައިވްގައި ރޯދައަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނާ ބެހޭގޮތުން އެތަނުގެ މާކެޓިން މެނޭޖަރު ޒައިނަބް މަންސޫރު "މިހާރު" އަށް މައުލޫމާތު ދެނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ރިވައިވްގައި ރޯދައަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނާ ބެހޭގޮތުން އެތަނުގެ މާކެޓިން މެނޭޖަރު ޒައިނަބް މަންސޫރު "މިހާރު" އަށް މައުލޫމާތު ދެނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ރިވައިވުން، ކުރިއަށް އޮތް ރޯދަ އަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަންގައި އެ ސްޓޫޑިއޯ އިން ކުރިއަށް ގެންދާ ކްލާސްތަކުގެ ފީ އިން 10-50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.

"މިތަނުގެ ކައުންޓަރުގައި ހުންނާނެ ފޮއްޓެއް ބަހައްޓާފަ. އެ ފޮށީގައި ހުންނާނެ އެކި އަދަދުތަކެއް ޖަހާފަ ހުރި ބޯޅަތަކެއް. ދެން ކޮންމެ ކަސްޓަމަރަކު ވެސް އެ ފޮށިން ނަގާ ބޯޅައިގައި ޖަހާފަ އިން އަދަދަކަށް ޑިސްކައުންޓް ލިބޭނެ،" ރިވައިވްގެ މާކެޓިން މެނޭޖަރު ޒައިނަބް މަންސޫރު (ޒައި) ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ ހަފުތާއިން ފެށިގެން ރިވައިވްގައި ރާއްޖޭގެ މަޝްހޫރު ސްޕާ އެންޑް ބިއުޓީ ބްރޭންޑެއްގެ އުފެއްދުންތައް ވިއްކާނެ އެވެ. އެއީ ރިވައިވްގެ ހުރިހާ ކަސްޓަމަރުންނަށް ދޭ "ސަޕްރައިޒް" އެކެވެ.

އަލަށް ހުޅިވި މި ފިޓްނަސް ސެންޓަރު އެތައް ގޮތަކުން ވެސް ތަފާތެވެ. ކަސްރަތު ކުރެވެނީ ހަމައެކަނި ޖިމް އަކަށް ގޮސްގެން ކަމަށް ދެކޭ ހިޔާލު ބަދަލު ކޮށްލާނެ އެވެ. އެތަނުގެ އަޖުމަ ބަލައިލުމުގެ ކުރިން ވެސް ބޭނުންވާ ހުރިހާ މައުލޫމާތެއް 7997277 އަށް ގުޅައިގެން ހޯދޭނެ އެވެ.