02 ނޮވެމްބަރ 2016
ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް ދިމާވި މައްސަަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް ދިމާވި މައްސަަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
އދ. އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅެއްގައި ދިރާގުގެ ހިދުމަތްތައް މެދުކެނޑުމުގެ މައްސަލަ ރެއިން ފެށިގެން ކުރިމަތިވި އެވެ. އޭގެ ތެރޭގައި ފޯނަށް ރޭޖު ނުލިބުމުގެ އިތުރަށް، މޮބައިލް އަދި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ވެސް ހިމެނެ އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ އދ. ފ. ތ. ލ. އަދި ގ. އަތޮޅުގެ އިތުރުން އައްޑު އާއި ފުވައްމުލަކުގައި ހިދުމަތްތަކަށް ބުރޫ އެރީ އެތެރޭގެ ސަބްމެރިން ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް، މިއަދު ހަވީރު 3:50 ހާއިރު ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އިތުރު މައްސަލައެއް ކުރިމަތިވޭތޯ ވަރަށް ކައިރިން މި ދަނީ ބަަލަމުން،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގުން ވަނީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާފައިވާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްގެ އިތުރުން، މުޅި ރާއްޖެ ހިމެނޭ ގޮތަށް ސަމްބެރިން ކޭބަލް ނެޓްވޯކެއް ގާއިމްކޮށްފަ އެވެ. ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދިގު މި ކޭބަލް މެދުވެރިކޮށް ދިރާގުން ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދެ އެވެ.
ދިރާގުގެ ހިދުމަތްތަކަށް ރޭ ބުރޫ އެރިއިރު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް މިދިޔަ ހޯމަ ދުވަހު މެދުކެނޑުނެވެ. އީބޭންކިން ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން ހިދުމަތް މިހާރު ލިބުނަސް، އަދިވެސް ހިދުމަތް ހޯދުމުގައި ބައެއް ފަހަރު ކުދިކުދި މައްސަލަތައް ކުރިމަތިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ބޮޑެތި މައްސަލަތާ މި ދުވަސްވަރު ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ވެބްސައިޓުތައް މިދިޔަ ހަފުތާގައި ޑައުންވި އެވެ.
ދިރާގުން ދެކުނުގެ ސަބްމެރިން ކޭބަލް މަރާމާތު ކުރަނީ
ދިރާގު ދިވެހިންގެ ހިދުމަތުގައި 29 އަހަރު
ދިރާގުން ޑޭޓާ ޕްލޭނަކަށް 50 ޕަސެންޓް ޑޭޓާ ހިލޭ ދެނީ
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ޓެލެކޮމް ދާއިރާއިން ރާއްޖެ ކުރިއެރުވި ދިވެހި ކުންފުނި
ދިރާގު ބިޒް ފައިބަ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް
ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ ދޭން ފަށައިފި
ދިރާގުން ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދެނީ
އިތުރު ޑޭޓާ އާއި ސްޕީޑާ އެކު، ދިރާގުން ހެޔޮ ބަދަލެއް
ދިރާގުން ހިލޭ ޑޭޓާ އާއި ޑިސްކައުންޓް ޖޫންގައި ވެސް