Roadha Mihaaru
ތޫފާނު ނިވާރުގެ އަސަރު ކުރާނެކަމަކަށް މިހާރު ނުބެލެވޭ

ތޫފާނު ނިވާރުގެ ބާރު ދަށްވެއްޖެ، ރާއްޖެއަށް އަސަރުކުރާނެ ކަމަކަށް މިހާރު ނުބެލެވޭ: މެޓް

26 ނޮވެމްބަރ 2020

އިންޑިއާގެ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދުނު ތޫފާނު ނިވާރުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މީގެ ކުރިން މެޓް އޮފީހުން ލަފާކުރި ނަމަވެސް، އެ ތޫފާނުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކޮށްފާނެ ކަމަކަށް މިހާރު ނުބެލެވޭ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ (މެޓް އޮފީސް) މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މެޓް އޮފީހުން ބުނީ އެ ތޫފާނު މިހާރު ވަނީ އިންޑިއާއަށް އަރާފައި ކަމަށާއި އޭގެ ބާރުދަށްވަމުން އަންނަ ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެއަށް މި ކުރަނީ މޫސުމީ ވިއްސާރަ ކަމަށް ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުތެރޭގ އަތޮޅުތަކާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް އެ އިދާރާ ލަފާކުރެ އެވެ.

މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ 10-20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ 5-15 މޭލުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ. ވިލާގަނޑުގައި 35 މޭލަށް ވައ ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންވެ ކަނޑު ގަދަ ވާނެ ކަމަށާއި އެ ސަރަހައްދުތަކުގައި ކަނޑުދަތުރުކުރާ އިރު މޫސުމަށް ސަމާލުވާން އެ އިދާރާ އިން ވަނީ އެދިފަ އެވެ.