Roadha Mihaaru
ކުރިއަށް އޮތީ ވިއްސާރަަ ހަފުތާއެއް: މެޓް

ކުރިއަށް އޮތީ ވިއްސާރަ ހަފުތާއެއް: މެޓް

02 ޖެނުއަރީ 2021

މި ފެށޭ ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ހަފުތާއެއް ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މި ފެށޭ ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ހަފުތާއެއް ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް "މިހާރު" އަށް ވިދާޅުވީ މާދަމާގެ މޫސުން ރަނގަޅު ކަމަށް އަދި ދެއްކިއަސް ހޯމަ ދުވަހުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭނެ ކަމަށެވެ.

"މާދަމާ ކުޑަކޮށް އުޑުމަތި އަލިވާނެ. އެއަށް ފަހު [ބޮޑު ބަޔަކަށް ވިއްސާރަކޮށް] ދެން އަންނަ ބުރާސްފަތި ދުވަހު މޫސުން ރަނގަޅުވާން ފަށާނީ،" ހާފިޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާ އިރު ވެސް ރާއްޖޭގެ އުތުރާއި މެދުތެރެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ 5-15 މޭލުގެ ބާރު މިނުގައި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. އަދި އެހެން ސަރަހައްދުތަކަށް 8-18 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި 35 މޭލުގެ ބާރުމިނުުގައި ވައި ޖެހޭނެ އެވެ.

މެޓުން ބުނީ ކަނޑު ގަދަވެ، ބައެއް ސަރަހައްދުތަކުގައި ރާޅުގެ އުސްމިނުގައި 2-6 ފޫޓޫ ހުރުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެ އެވެ.