Roadha Mihaaru
ބަދަލުހިފުމުގެ ކަމެއް ފުލުުހުންގެ ބިލަކު ނެތް: ނަޝީދު

ބަދަލުހިފުމުގެ ކަމެއް ފުލުުހުންގެ ބިލަކު ނެތް: ނަޝީދު

02 ޑިސެމްބަރ 2020

ފުލުހުންގެ ބިލަކީީ އެއްވެސް ފުލުހަކަށް އަމާޒުކޮށް ބަދަލުހިފުމާއި ދެކޮޅު ހެދުން ކަހަލަ ކަމެއް ކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުލުހުންގެ ބިލަކީީ އެއްވެސް ފުލުހަކަށް އަމާޒުކޮށް ބަދަލުހިފުމާއި ދެކޮޅު ހެދުން ކަހަލަ ކަމެއް ކުރަން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

މިއަދުގެ ޖަލްސާ ފެށި ވަގުތު ޝަރީފާއި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު (ދޮންބިލެއް) އަހުމަދު ހަލީމާ ދެމެދު ހިނގި ޒުވާބަކަށް ފަހުު ޝަރީފުގެ ނަން އިއްވައި ތަަޅުމުން ބޭރުކޮށްލި އެވެ. އެއާ އެކު ޓްވިޓާގައި ޝަރީފު ތުހުމަތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު، މިއަދުގެ ޖަލްސާއިން އޭނާ ބޭރުކޮށްލެއްވީ ފުލުހުންގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަކަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. އެ އިސްލާހަކީ ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ފުލުހުންގެ ތެރެއިން ބަޔަކު ވަޒީފާއިން ވަކިކުރަން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުގެ ނަން އިއްވައި މަޖިލީހުން ބޭރުކުރި ކަމުގައި ވިޔަސް، ބަދަލުހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް، ކޮމިޝަންޑް އޮފިސާސް، ގާނޫނަށް ގެންނަ ބަދަލަކުން ވަކިކޮށް ބޭނުންވާ ބަޔަކަށް އަލުން ވަޒީފާދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދުނުކުރާނަން،" ޓްވީޓްގައި ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ ވޯޓުގެ ވަގުތުގައި ނަޝީދު ވިދާޅުވީ މިހާރު ބިލު އޮތް ގޮތް ފުލުހުން ކިޔަން އެދިވަަޑައިގަންނަވާ ކަމަށާއި އެ ބިލަކީ ފުލުހުންގެ މުއްސަސާއަށް މިއިން ޒަމާނަކު ވެސް ނާންނަ ވަރުގެ ކުރިއެރުން އަންނާނެ ބިލެއް ކަމަށެވެ. ބިލު ގާނޫނަކަށް ވުމުން ފުލުހުންނަށް ލިބޭނެ ފައިދާތައް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަކެއް ވެސް އެއާ އެކު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަގާމުގެ ކުރިއެރުން ލިބޭނެ ގޮތްތަކާއި ލިބޭނެ އިނާޔަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހާލެެއްގައި މީކީއެއް އެއްވެސް ފުލުސް އޮފިސަރަކަށް ވެސް، ފުލުހުންގެ އާދައިގެ ބޭފުޅަކަށް ވެސް ހާއްސަކޮށް އަމާޒުވެ، ދެކޮޅު ހެދުން، ބަދަލު ހިފުން ޖަދަލުކުރުން، މީގެން އެއްވެސް ނިޔަތެއްގައި އެކުލަވައިލެވިފައިވާ ބިލެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ބިލު ދިރާސާކޮށް ގެނައި ބަދަލުތަކަށްޓަކައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނަށާއި މުގައްރިރަށް އެ މަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ. ބިލު އެކުލަވައިލުމާއި ދިރާސާކުރުމުގައި ބައިވެރިވި އެކި މުއައްސަސާތަކުގެ ބޭފުޅުންނަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. ބިލު ފާސްކުރުން ވާނީ ރާއްޖޭގެ ގާނޫނީ ތާރީހުގައި މަޖިލީހުން ފޯރުކޮށްދެވޭެ އެންމެ ބޮޑު ހިދުމަތް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ.

ފުލުހުންގެ ބިލު މިއަދުގެ ވަގުތެއްގައި މެމްބަރުންނަށް ފޮނުވޭނެކަމަށް އުއްމީދުކުރައްްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ދިވެހި ފުލުުހުންގެ ހިދުމަތުގެ ބިލަށް ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަޝްވަރާ މަޖިލީހުން ފުޅާ ދާއިރާއެއްގައި ހޯދި އެވެ.