Roadha Mihaaru
ކަވަގާލްގެ ބުރުގާ އެޅި ފުރަތަމަ އެމްބެސެޑަރު

ކަވަގާލްގެ ބުރުގާ އެޅި ފުރަތަމަ އެމްބެސެޑަރު

05 ނޮވެމްބަރ 2016

އެމެރިކާގެ ކޮސްމެޓިކްސް ބްރޭންޑް "ކަވަގާލް" އަކީ މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ. ކަވަގާލް ކުލަގަދަ އިސްތިހާރުތަކާއި އޭގައި މޮޑެލްކުރާ މަޝްހޫރު ފިލްމީ ތަރިންނާއި ސުޕަ މޮޑެލްގެ ސަބަބުން އެ ބްރޭންޑް ވަރަށް ބޮޑަށް ފާހަގަވެފައިވެ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

އެމެރިކާގެ ކޮސްމެޓިކްސް ބްރޭންޑް "ކަވަގާލް" އަކީ މުޅި ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ. ކަވަގާލް ކުލަގަދަ އިސްތިހާރުތަކާއި އޭގައި މޮޑެލްކުރާ މަޝްހޫރު ފިލްމީ ތަރިންނާއި ސުޕަ މޮޑެލްގެ ސަބަބުން އެ ބްރޭންޑް ވަރަށް ބޮޑަށް ފާހަގަވެފައިވެ އެވެ.

ކަވަގާލްގެ އިސްތިހާރުތައް ބަދަލު ކޮށްލައިފި އެވެ. ހަމުގެ ކުލަ ތަފާތު އަދި ދެ ޖިންސުގެ ބްރޭންޑް އެމްބެސަޑަރުން ވެސް މިހާރު ހުށަހަޅައިދެ އެވެ.

ކަވަގާލްގެ އެންމެ ފަހުގެ ބްރޭންޑް އެމްބެސެޑަރަކީ މުސްލިމް ބިއުޓީ ވްލޮގާ ނޫރާ އާފިޔާ އެވެ. މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ނޫރާ އަކީ ޔޫޓިއުބްގައި އެކި ވައްތަރުގެ މޭކަޕް ޓިއުޓޯރިއަލް އާންމުކުރާ ވްލޮގާ އެކެވެ. އޭނާގެ ޔޫޓިއުބް ޗެނަލްގައި 200،000 ސަބްސްކްރައިބާޒް ހިމެނެ އެވެ.

"ދުވަހަކުވެސް ހިތަކަށްނާރާ މުސްލިމުން މިހާ ބޮޑު ސްކޭލެއްގައި ރަމްޒުކުރާނެ ކަމެއް،" ނޫރާ ބުނެފައިވެ އެވެ.

ނޫރާގެ ވީޑިއޯތަކުގައި މޭކަޕްގެ އިތުރުން ބުރުގާ ސްޓައިލް ކޮށްލެވޭނެ އެކި ގޮތްތައް ވެސް ގެނެސްދެ އެވެ. ނޫރާ ބުނެފައިވާ ގޮތުގައި، ބުރުގާ އެޅުމުން އެންމެން ވެސް މަލާމާތް ކުރާނެ ކަމަށް ފުރާވަރުގެ ދުވަސްވަރު ހީކުރި އެވެ. އަދި މުސްލިމަކަށް ވާތީ ފުރުސަތުތައް ނުލިބޭނެ ކަމަށް ވެސް ހީކުރި އެވެ. އެކަމަކު ނޫރާ ބިއުޓީ ވްލޮގެއް ފަށަން ބޭނުންވުމުން، އޭނާގެ ފިރިމީހާ އާއި އާއިލާ މެމްބަރުން ވެސް ހިތްވަރުދިނެވެ. އޭނާގެ އެންމެ މަގުބޫލު ވިޑިއޯ އަކީ ހިޖާބް ސްޓައިލް ވީޑިއޯއެކެވެ. އެއަށް 300،000 ވިއުޒް ލިބިފައިވެ އެވެ.

A photo posted by COVERGIRL (@covergirl) on

ކަވަގާލްގެ އެކި އިސްތިހާރުތަކުގައި ނޫރާ ފެނިގެންދާނެ އެވެ. އަދި އެ ބްރޭންޑުގެ އެންމެ ފަހުގެ ޕްރޮޑަކްޓް ސޯ ލޭޝީ ޕްރޮމޯޓުކުރާނެ އެވެ. ކަވަގާލްގެ ސޯ ލޭޝީ ބްލާސްޓް ޕްރޯ މަސްކާރާ އަކީ ކޮންމެ މީހެއްގެ އެސްފިޔަތަކާ ވެސް ގުޅޭ މަސްކާރާއެކެވެ.

A photo posted by Nura Afia (@nuralailalov) on

ނޫރާގެ ކުރިން އެމްބެސެޑަރެއްގެ ގޮތުގައި ކަވަގާލްއިން ތައާރަފުކުރީ މޭކަޕް އާޓިސްޓް ޖޭމްސް ޗާލްސެވެ. އެއީ ކަވަގާލްގެ ފުރަތަމަ ފިރިހެން ބްރޭންޑް އެމްބެސެޑަރެވެ.

ކަވަގާލްއިން ތަފާތު ބްރޭންޑް އެމްބެސަޑަރުން ތައާރަފު ކުރަނީ އެމީހުންގެ ލޭޝްއިކުއަލިޓީ ކެމްޕެއިންގެ ދަށުންނެވެ.