Roadha Mihaaru
ލޭޑީ ގާގާގެ ބިއުޓީ ކަލެކްޝަން ޕްރި-އޯޑަރަށް

ލޭޑީ ގާގާގެ ބިއުޓީ ކަލެކްޝަން ޕްރި-އޯޑަރަށް ހުޅުވާލައިފި

17 ޖުލައި 2019

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ލޭޑީ ގާގާ އަލަށް އުފެއްދި ބިއުޓީ ބްރޭންޑްގެ "ހައުޒް ލެބޯރެޓަރީޒް" ގެ ކަލެކްޝަންތަކުގެ ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ލޭޑީ ގާގާ އަލަށް އުފެއްދި ބިއުޓީ ބްރޭންޑްގެ "ހައުޒް ލެބޯރެޓަރީޒް" ގެ ކަލެކްޝަންތަކުގެ ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.

އޮންލައިން ފިހާރަ އެމެޒޯންގެ ޕްރައިމް މެމްބަރުނަނަށް މި ވަގުތު ހުޅުވައިލި ޕްރި-އޯޑަރު ކަލެކްޝަނުގައި ހިމެނޭނީ މައިގަނޑު ތިން އުފެއްދުމެކެވެ. ކަޅު ކުލައިގެ ޕެކެޖެއްގައި ހިމެނޭ ކަލެކްޝަނުގައި ހިމެނޭނީ ރިޕް ލިޕްލައިނާ، ލި ރަޔަޓް ލިޕް ގްލޮސްގެ އިތުރުން ގްލެމް އެޓޭކް ފޭސް ޕައުޑާއެކެވެ.

"ހައުޒް ލެބޯރެޓަރީޒް" ގެ ކަލެކްޝަންގެ ޕްރި-އޯޑަރަށް ހުޅުވައިލި ނަމަވެސް ކަސްޓަމަރުންގެ އަތަށް އުފެއްދުން އަރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ފިލްމު "އަ ސްޓާ އިޒް ބޯން" އެކްޓިން ހުނަރު ވެސް ދައްކައިލި ގާގާ، 33، ގެ "ހައުޒް ބިއުޓީ" ލޯންޗްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ބުނި ގޮތުގައި ބިއުޓީ ކަލެކްޝަންގެ އުފެއްދުންތައް ވެގެން ދާނީ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނާ ވެސް ގުުޅޭ އެއްޗަކަށެވެ.