Roadha Mihaaru
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް އިން ބާސާ ބަލިކޮށްފި

ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް އިން ބާސާ ބަލިކޮށްފި

09 ޑިސެމްބަރ 2020

ބާސެލޯނާ (ޑިސެމްބަރު 9) – ޕެނަލްޓީން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ގޯލާ އެކު ބާސެލޯނާ 3-0 އިން ބަލިކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ގްރޫޖް ޖީ ގެ އެއް ވަނަ ހޯދައިފި އެވެ.

ބާސެލޯނާ (ޑިސެމްބަރު 9) – ޕެނަލްޓީން ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ގޯލާ އެކު ބާސެލޯނާ 3-0 އިން ބަލިކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ގްރޫޖް ޖީ ގެ އެއް ވަނަ ހޯދައިފި އެވެ.

މި މެޗު ސިފަވެގެން ދިޔައީ ރޮނާލްޑޯ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. ރޮނާލްޑޯ ފުރަތަމަ ގޯލް ޕެނަލްޓީން ޖެހީ 13 ވަނަ މިނެޓުގަ އެވެ. އޭގެ ހަ މިނެޓު ފަހުން ދެ ވަނަ ގޯލް ޖެހީ އެމެރިކާގެ ވެސްޓަން މެކްކެނީ އެވެ. ރޮނާލްޑޯ ތިން ވަނަ ގޯލް ޕެނަލްޓީން ޖެހޯ 52 ވަނަ މިނެޓުގަ އެވެ.

ޔުވެންޓަސް އާއި ބާސެލޯނާ އިން 15 ޕޮއިންޓް ހޯދާފައިވާއިރު ޔުވެންޓަސް އަށް އެއް ވަނަ ލިބެނީ ހެޑް-ޓު-ހެޑް އިންނެވެ. މި ދެ ޓީމު ޓިއުރިންގައި ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކުރީ 2-0 އިންނެވެ. އެ މެޗުގައި ކޮވިޑުގެ ސަބަބުން ރޮނާލްޑޯ ނުކުޅެ އެވެ.

ގްރޫޕުގެ ތިން ވަނަ އަށް ގޮސް ޔުރޮޕާ ލީގުން ޖާގަ ލިބުނީ ހަތަރު ޕޮއިންޓް ހޯދި ޑައިނަމޯ ކިއޭވް އަށެވެ. ހަންގޭރީގެ ފެރެންސްވަރޯސް އެއް ޕޮއިންޓާ އެކު ކެޓީ އެވެ.

"އަހަރެމެން ޑާބީ ގައި (ޓޮރިނޯ އާ ދެކޮޅަށް) ދެއްކި ގޮތަށް މޮޅުވާން ބޭނުން ވެގެން މިގޮތަށް ކުޅެފި ނަމަ އަހަރެމެން ބޭނުންވާ ނަތީޖާ ގެންނާނަން. ދެން އޮތް އަމާޒަކީ މި ގޮތަށް ހުރިހާ މެޗެއްގައި ކުޅުނު،" ޔުވެންޓަސްގެ ލެއޮނާޑޯ ބޮނޫޗީ ބުންޏެވެ.