Roadha Mihaaru
އޮސްކާ އަށް ކޮރެއާ އިން "މޭން ސްޓޭންޑިން ނެކްސްޓް"

އޮސްކާ އެވޯޑަށް ދެކުނު ކޮރެއާ އިން "ދަ މޭން ސްޓޭންޑިން ނެކްސްޓް"

13 ޑިސެމްބަރ 2020

"ޕެރަސައިޓް" އިން މި އަހަރުގެ އޮސްކާގައި މުޅިން އާ ރެކޯޑްތަކެއް ހެދި ދެކުނު ކޮރެއާ އިން އަންނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ވާދަކުރާ ފިލްމަކަށް "ދަ މޭން ސްޓޭންޑިން ނެކްޓްސް" ހޮވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޕެރަސައިޓް" އިން މި އަހަރުގެ އޮސްކާގައި މުޅިން އާ ރެކޯޑްތަކެއް ހެދި ދެކުނު ކޮރެއާ އިން އަންނަ އަހަރުގެ އޮސްކާގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ވާދަކުރާ ފިލްމަކަށް "ދަ މޭން ސްޓޭންޑިން ނެކްޓްސް" ހޮވައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ފިލްމަކީ ވޫން މިން-ހޯ ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ޑްރާމާއެކެވެ. "ދަ މޭން ސްޓޭޑިން ނެކްސްޓް" ގައި ކިޔައިދެނީ 1963-1979 ގެ އަށް ދެކުނުގައި ރައީސްކަން ކުރެއްވި އެ ގައުމުގެ ތިން ވަނަ ރައީސް ޕާކް ޗުންގް-ހީގެ އަސްކަރީ ވެރިކަމުގައި ދައުރުގައި ތެރޭގައި ހިނގާފައިވާ ހާޖާނުތަކެވެ. ފިލްމުގައި ޕާކްގެ ރޯލު ކުޅުނީ ލީ ސަންގް-މިން އެވެ.

ކޮރެއަން ފިލްމު ކައުންސިލް (ކޭއޯއެފްއައިސީ) އިން ބުނީ އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް "ދަ މޭން ސްޓޭންޑިން ނެކްސްޓް" ހޮވުނީ 13 ފިލްމަކާ ވާދަކޮށްގެން ކަމަށެވެ. އެ ތަނުން ބުނި ގޮތުގައި މި ފިލްމަކީ "ޕެރަސައިޓް" އޮސްކާގައި ހޯދި ވަރުގެ ކާމިޔާބީއެއް ހޯދިދާނެ ކަމަށް ގަބޫލުކުރާ ފިލްމެއް ކަމަށާއި ފިލްމަކީ މޮޅު ވަރުގަދަ ފިލްމެއް ކަމަށް ބުންޏެވެ. އެހެންވެ އިންޓަނެޝަން ފީޗާ ފިލްމު ކެޓަގަރީ އަށް ފިލްމު ނޮމިނޭޓްވާނެކަމާ ދޭތެރޭ ވެސް ޝައްކެއް ނެތް ކަމަށް ބުންޏެވެ.

އަންނަ އަހަރުގެ އޮސްކާ އަށް ވާދަކުރާ ފިލްމުތައް އިއުލާންކުރާނީ އަންނަ މާޗް މަހުގެ 13 ގަ އެވެ. އަދި އެވޯޑް ހަފުލާ ބާއްވާނީ އެޕްރީލް 25 ގަ އެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި 92 ވަނަ އޮސްކާ އެވޯޑްސްގައި ދެކުނު ކޮރެއާގެ "ޕެސައިޓް" ވާދަކޮށްގެން އޮސްކާ ތާރީހީގައި މިހާތަނަށް ހޮލީވުޑްގެ ފިލްމަކަށް ނޫނީ ނުލިބޭ ވަރުގަދަ ކެޓަގަރީތަކުން އެވޯޑް ހޯދާފައިވެ އެވެ.

ބޮންގް ޖޫން-ހޯ ޑައިރެކްޓްކުރި އެ ފިލްމަކީ އޮސްކާގެ މޮޅު ފިލްމުގެ އިތުރުން މޮޅު ޑައިރެކްޓަރާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ގެންދިޔަ ފިލްމެކެވެ.