Roadha Mihaaru
ދިރާގާއި ސްޕާކްއަބް އިން "ލީން ސްޓާޕް އަޕް" ފަށައިފި

ދިރާގާއި ސްޕާކްއަބް އިން "ލީން ސްޓާޕް އަޕް" ފަށައިފި

10 ޑިސެމްބަރ 2020

ދިރާގައި ސްޕާކްހަބް އިން ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް "ލީން ސްޓާޓް އަޕް" ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގައި ސްޕާކްހަބް އިން ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް "ލީން ސްޓާޓް އަޕް" ފަށައިފި އެވެ.

މި މަހުގެ 26 އިން 27 އަށް ބާއްވާ މި ވޯކްޝޮޕް އޮންނާނީ ވާޗުއަލްކޮށެވެ. މި ވޯކްޝޮޕްގެ ދަށުން "ލީން މެދަޑޮލޮޖީ" ބޭނުންކޮށްގެން ވިޔަފާރިތައް ހިންގާނެ ގޮތް ދަސްކޮށްދޭނެ އެވެ.

ލީން މެދަޑޮލޮޖީ އަކީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އެންމެ ރަނގަޅު ގޮތްތަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ހާއްސަ ކޮންސެޕްޓެކެވެ. މިއީ އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަކޮށް ބޭނުން ކުރުމުގައި ދުނިޔޭގައި ވެސް ބަލައިގަނެފައިވާ ކޮންސެޕްޓެކެވެ.

ދިރާގުން މީގެ ކުރިން ވެސް ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ސްޓާޓް އަޕް ވީކެންޑާއި އޭންޖަލް ހެކް މެދުވެރިކޮށް ހެކަތޯންއެއް ރާއްޖޭގައި ހިންގާފައިވެ އެވެ. ދިރާގާއި ސްޕާކް ހަބް އިން ގުޅިގެން ހިންގާ މި ވޯކްޝޮޕްގައި ވިޔަފާރި ހިންގުމުގެ ތަފާތު އުކުޅުތައް ކިޔައިދޭނެ އެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ.