11 ޑިސެމްބަރ 2020
ސަރުކާރުތަކުން އުޅެނީ މަސްވެރިންނަކީ ހަމަ އެކަނި ކޮންމެ އިންތިހާބެއްގައި ވޯޓުލާން ތިބޭ ބަޔަކަށް ހަދައިގެން ކަމަށާއި ސަރުކާރުތަކުން އަޑު އަހަނީ ވިޔަވާރިވެރިންގެ އަޑުކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސިޔާސީ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ސަރުކާރުތަކުން އުޅެނީ މަސްވެރިންނަކީ ހަމަ އެކަނި ކޮންމެ އިންތިހާބެއްގައި ވޯޓުލާން ތިބޭ ބަޔަކަށް ހަދައިގެން ކަމަށާއި ސަރުކާރުތަކުން އަޑު އަހަނީ ވިޔަވާރިވެރިންގެ އަޑުކަމަށް ބުނެ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސިޔާސީ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިފްތިތާހު ކުރުމަށް ގުޅިފަޅު ސަރަހައްދުގައި ބުދަ ދުވަހު ބޭއްވި އެއްވުމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް ( އެމްޓީޔޫސީ) ގެ ރައީސް މައުރޫފް ޒަކީ ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަަމަށް އަޔަސް ކޮންމެ އިންތިހާބެއްގައި ވެސް މަސްވެރިންނަށް އެތައް ވައުދެއްވާ ކަމަށާއި އެހެން ނަމަވެސް އެއިން ކަމަކަށް އަމަލީ ސިފަ އަންނަތަން ދުވަހަކު ނުފެންނަ ކަމަށެވެ. އެކަން އެގޮތަށް ވަނީ ވެރިކަމަށް އަންނަ ތަނުން ވިޔަފާރިވެރިން ސަރުކާރު އަތްދަށުލާތީ ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ސަރުކާރު ހިންގާ ޕާޓީތަކަށް ވިޔަފާރިވެރިން ހަރަދުކުރާނެ ކަމަށެވެ.
"ގަބޫލުކުރޭ، ވިޔަފާރިވެރިން ތިބޭނީ އަބަދުވެސް ސަރުކާރާ އެކީގައި. މަސައްކަތްތެރިން ތިބޭނީ ކޮންމެ އިންތިހާބެއްގައި ވޯޓުދޭން ޖެހޭ ބައެއްގެ ގޮތުގައި ހަދާފައި،" މައުރޫފް ވިދާޅުވި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހުކުރުމުގެ ޖަލްސާ ބޭއްވި ދޯނި.
ރާއްޖޭގެ މަސްވެރިން މިހާރު ތިބި ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވީ ކަނޑުމަސްވެރިން 1،000 ޓަނުގެ މަސް ބާނައިގެން ތިބީ މަސްނުކިރިފައި ކަމަށާއި ބޮޑުކަންނެލި މަސްވެރިން 25.ރ އަށް ކިލޯއެއް ވިއްކާތާ މިހާރު ދެ އަހަރު ވަނީ ކަމަށެވެ. އެ ހާލަތު ބަދަލުކުރަން މަސްވެރިން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެހެން ގައުމުތަކުގައި ވެސް މަަސައްކަތްތެރިންނަށް ހައްގުތައް ލިބެނީ ޔޫނިއަންތައް ހަދައިގެން އެންމެންވެގެން މަސައްކަތްކޮށްގެން ކަަމަށް ވެސް ވިދާޅުވި އެވެ.
އެއްވުމުގައި ވާހަކަދެއްކި ކެޔޮޅަކު ތުހުމަތުކުރި ގޮތުގައި ރާއްޖޭގައި ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން އަގު ދަށްކުރަނީ ބައިނަލްއަގުވާމީ ބާޒާރުގައި އަގު ދަށްވެގެންނެއް ނޫނެވެ. އެހެން ނަމަވެސް އަގު ދަށްކުރަނީ ކަންނެލި ލިބޭ ވަރު ބަލައި، ގިނައިން ބާނަންޏާ އަގު ދަށްކުރާ އުސޫލަކުން ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.
ބީކޭއެމްޔޫގެ ވަގުތީ ރައީސް ހުސައިން ނަޝީދު ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދަން މިހާތަަނަށް މަސައްކަތްކޮށްފައި ނުވާ ފެންވަރަކަށް ޔޫނިއަނުން މަސައްކަތްކުރާނެ ކަމަށެވެ. އެ ޔޫނިއަންގެ މަގުސަދަކީ ބޮޑުކަަންނެލި މަސްވެރިންގެ ހައްގުތައް ކަށަވަރުކުރަން ހިކުމަތްތެރިކަމާ އެކު މަސައްކަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދަނީ
މަސް ކިރަން ލަންކާއަށް: ދެކޮޅު ޖެހޭނެ ކަމެއްތަ؟
އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް
މަސްވެރިކަން ރަނގަޅުވާން ފަށައިފި
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ކޮންމެ އޮޑިޔަކަށް ރެސްކިއު ޑައިވަރުން ފެންވަރުގެ މީހެއް
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށަނީ
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި