Roadha Mihaaru
މަސްވެރިކަން ރަނގަޅުވާން ފަށައިފި

މަސްވެރިކަން ރަނގަޅުވާން ފަށައިފި، މާލެ ކައިރީގައި މަސްކިރާ ބޯޓެއް

05 އޯގަސްޓް 2024

ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، އަނެއްކާވެސް މަސްވެރިކަން ރަނގަޅުވާން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، އަނެއްކާވެސް މަސްވެރިކަން ރަނގަޅުވާން ފަށައިފި އެވެ.

މިފްކޯ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، އެ ކުންފުނީގެ މަސްކިރާ ބޯޓު "ރަންދި 20" މާލެ ކައިރީގައި މިއަދު އޮންނާނެ ކަމަށެވެ. އެ ބޯޓު މިހާރު އޮތީ ވިލިމާލެ ކައިރީގަ އެވެ.

މާލޭ މަސްމާރުކޭޓުގައި މަސް ވިއްކަނީ: މަސްވެރިކަން އަނެއްކާވެސް ރަނގަޅުވާން ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ މަސްމާރުކޭޓުގައި މަސް ވިއްކަނީ: މަސްވެރިކަން އަނެއްކާވެސް ރަނގަޅުވާން ވަނީ ފަށައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިފްކޯއިން ބުނިގޮތުގައި ތ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައި މެދު ކޮންމެވެސް ވަރަކަށް މަސްވެރިކަން ރަނގަޅު ނަމަވެސް، ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހަފުތާއިން ފެށިގެންނެވެ.

"މ. އަތޮޅުގައި މަސްވެރިކަން ރަނގަޅު. ގއ. އަތޮޅުން މަހާ ކަލަމިންޖާ (މަސްކިރާ ބޯޓު) މީމަށް ދާން މިއަދު ފުރާނެ،" މިފްކޯ އިން ބުންޏެވެ.

މިފްކޯގެ މަސްކިރާ ބޯޓު "ރަންދި 23" މިހާރު ވެސް އޮތީ މ. އަތޮޅުގަ އެވެ.

މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހު މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވި އެވެ.

މާލޭ މަސްމާރުކޭޓުގައި މަސް ކަނޑާ މީހަކަށް މީހަކު ރުފިޔާ ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ މަސްމާރުކޭޓުގައި މަސް ކަނޑާ މީހަކަށް މީހަކު ރުފިޔާ ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްވެރިކަން ދަށްވީ މަސް ބާނާ މިންވަރު ވަރަށް ބޮޑަށް މަދުވުމާއި ސަރުކާރުން މަހުގެ އަގު ދަށްކޮށްފައި ވާތީ ކަނޑުމަހުގެ މަސްވެރިކަމަށް ދިއުން މަދުވުމުން ކަމަށް އޭރު ބައެއް މަސްވެރިން ބުނެފައިވެ އެވެ.

ކަނޑުމަހުގެ މަސްވެރިކަން ރަނގަޅުވާން ފެށުމުން މާލޭ މަސް މާރުކޭޓުގައި ވެސް މި ދުވަސްވަރު ވަނީ ކަނޑުމަހުގެ ބާވަތްތައް ތިޔާގިވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަސް މާރުކޭޓުގައި ކަނޑުމަހުގެ ކިލޯއެއް ވަނީ 20ރ. އަށް ވިއްކައިފަ އެވެ.

މިއަދު ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 35ރ. އަަށެވެ. ގޮދާ ކިލޯއެއް 50-60ރ. އާ ދެމެދުގައި ހުރި އިރު، ކަންނެލި ކިލޯއެއް ލިބެން ހުރީ 45-65ރ. އާ ދެމެދުގަ އެވެ.

މާލޭ މަސްމާރުކޭޓުގައި މަސް ކަނޑަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ މަސްމާރުކޭޓުގައި މަސް ކަނޑަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިފްކޯ އިން މިދިޔަ މަހު ވަނީ ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓުކުރާ ހަތަރު ބޯޓެއް ޅ. ފެލިވަރުގެ ދަށަށް ބަދަލުކޮށް، ފެލިވަރުން އޮޕަރޭޓު ކުރަމުން އައި 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ބޯޓެއް ގއ. ކޫއްޑުއަށް ގެންގޮސްފަ އެވެ.