ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ މީހުންގެ ހާލަތު ރަނގަޅުކުރަން އެމެރިކާގެ 16 ސްޓޭޓަކުން ފަށާފައިވާ ޕްރޮގްރާމަށް ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ އަނެއްކާ ވެސް 15 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި އެވެ.
13 ޑިސެމްބަރ 2020
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ މީހުންގެ ހާލަތު ރަނގަޅުކުރަން އެމެރިކާގެ 16 ސްޓޭޓަކުން ފަށާފައިވާ ޕްރޮގްރާމަށް ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ އަނެއްކާ ވެސް 15 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފި އެވެ.
އެމެރިކާގެ 16 ސްޓޭޓެއްގެ 11 މޭޔަރަކު އިސް ނަންގަވައިގެން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި، ވަޒީފާ ގެއްލި ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ މީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދޭން ހާއްސަ ސްކީމްތަކެއްގެ ދަށުން އުޖޫރައެއް ދޭން ވަނީ ނިންމައިފަ އެވެ. ކުރިން ލިބެމުން ދިޔަ އަސާސީ މުސާރަ ދެމެހެއްޓެނިވި ގޮތަކަށް ދެވޭނެ ގޮތްތަކެއް ފަހިކުރުމަށް މޭޔަރުން އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދަވާ "މޭޔާޒް ފޯ އަ ގެރަންޓީޑް އިންކަމް" (އެމްޖީއައި) ޖަމިއްޔާ އަށް ޑޯޒީ ކުރިން ވެސް ފައިސާ ހަދިޔާކުރެއްވި އެވެ.
Thank you Mayor and to all the Mayors of @mayorsforagi for these universal basic income pilots! I hope they inform federal policy in the future. https://t.co/6ItPWx3Lld
— jack (@jack) December 8, 2020
ޖުލައި މަހުގެ ތެރޭގައި އޭނާ ހަދިޔާކުރެއްވީ ތިން މިލިއަން ޑޮލަރެވެ.
މި ފަހަރު އިތުރު 15 މިލިއަން ޑޮލަރު ހަދިޔާކޮށް ޖެކް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުން މުހިއްމު ކަމަށާއި މިކަމަށް ގިނަ ބަޔަކު އެހީވުމަކީ އުންމީދެއް ކަމަށެވެ. ޖެކް ވަނީ ކުރިއަށް އޮތް ތަނުގައި މި ސްކީމަކީ ގައުމީ ފެންވަރުގައި މުޅި އެމެރިކާގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޔުނިވާސަލް ބޭސިކް އިންކަމް (ޔޫބީއައި) އާ އެއްގޮތަށް ކުރިއަށް ގެންދާ ސްކީމްގެ އަމާޒަކީ ރައްޔިތުންނަށް "އާމްދަނީ ކަށަވަރުކޮށް" ދިނުމެވެ.
ޖެކް ދެއްވި އެހީއާ ވެސް އެކު އެމެރިކާގެ އިތުރު ސްޓޭޓްތަކަށް މި ޕްރޮގްރާމް ފުޅާކުރަން ވެސް އަންނަނީ ވިސްނަމުންނެވެ.
އެމްޖީއައި ސްކީމް ތައާރަފުކުރުމުގެ މޭސްތިރި އަކީ ކެލިފޯނިއާގެ ސްޓޮކްޓަންގެ މޭޔަރު މައިކަލް ޓަބްސް އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިން އޮތް ފެންވަރަށް ނުވަތަ އެއަށް ވުރެ ރަނގަޅުވަންދެން މާލީ އެހީ ދިނުމަކީ ކުރައްވަން ބޭނުންވާ ކަމެކެވެ.
"މިއީ އެއްވެސް ޝަރުތަކާ ނުލައި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް." ޓަބްސް ވިދާޅުވި އެވެ. "އިޖިތުމާއީ ރައްކާތެރިކަން ރައްޔިތުންނަށް ލިބުމަކީ އަބަދު ވެސް ވަރަށް މުހިއްމު ކަމަކަށް ވާނެ."
ޖެކް، 44، ވަނީ ކުރިން ވެސް އެކި ފަހަރު ކޮވިޑް ތެރޭގައި އެކި ފަންޑްތަކަށް ބޮޑެތި އަދަދަކުން ފައިސާ ހަދިޔާކުރައްވައިފަ އެވެ. އޭނާގެ މިލްކިއްޔާތު 11.8 ބިލިއަން ޑޮލަރަށް އަރަ އެވެ.
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
މުސާރަ ދޭން ޓްވިޓާގެ ވެރިޔާ 3 މިލިއަން ހަދިޔާކޮށްފި
ޓްވިޓާގެ ސްޓާފުންނަށް އަބަދު ގޭގައި މަސައްކަތްކުރެވޭނެ
ޓްވިޓާގެ ވެރިޔާ އެއް ބިލިއަން ޑޮލަރު ހަދިޔާކޮށްފި
ޓްވިޓާގެ ކޮންޓްރޯލް ޓްރަމްޕުގެ އެކުވެރިއަކަށް؟
ބިލިއަނަރު އަދާނީއަށް އެމެރިކާއިން ދައުވާކޮށްފި
ކެމްޕޭނަށް ފޭސްބުކްއަށް ވައްދަން ޓްރަމްޕް އެދިއްްޖެ