އުތުރުގެ ތިން ރަށެއްގައި ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހަވާ އަރުވަން ނިންމައިފި އެވެ. މިއީ ސިފައިންގެ އަސާސީ ތަމްރީން ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހިނގާލުމެވެ.
12 ޑިސެމްބަރ 2020
އުތުރުގެ ތިން ރަށެއްގައި ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހަވާ އަރުވަން ނިންމައިފި އެވެ. މިއީ ސިފައިންގެ އަސާސީ ތަމްރީން ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ހިނގާލުމެވެ.
އެމްއެމްޑީއެފްގެ މީީޑިއާ އޮފިޝަލް މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ކުޅުދުއްފުށީގައި އޮންނާނެ ކަމަށެވެ.
އެ ބެޗުގެ ދަސްވެނިވުން އަންނަ އަންގާރަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު"ގައި އޮންނާނެ އެވެ. ކޯހުގައި 97 ދަރިވަރުން ބައިވެރިވި އެވެ.
އަންނަ ބުރާސްފަތި ދުވަހު ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީގަ އެވެ. ޖެހިގެން އަންނަ ދުވަހު ދިިއްދޫ އަދި އަންނަ ހޮނިހިރު ދުވަހު އިހަވަންދޫގައި ހިނގާލުން އޮންނާނެ އެވެ.
ހިނގާލުން އޮންނާނީ މި ތިން ރަށުގެ ބޮޑެތި މަގުތަކުގައި ހަވީރު 4:00-5:00 އާ ދެމެދުގަ އެވެ. އޭގެ އިތުރުން، އެ ދުވަސްތަކުގެ ރޭގަނޑު ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާ އެކު ހަވާއަރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރަށްރަށުގައި ތިބި މީހުންނަށް ޝަރަފުގެ ހިނގާލުންތައް ކައިރިން ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ގެންދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެއްޖެ
މިޔަރެއް ހަމަލާދީ މީހެއްގެ އަތް ޒަހަމްކޮށްލައިފި
ފެނުނީ ވަޒަނެއްކަން ޔަގީންވޭ، މީހާ ދޫކޮށްލައިފި!
ފުރަން ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ
ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި
އެއްޗެއް ގޮވައި ހާލު ސީރިއަސްވި މީހާ މާލެ ގެނެސްފި
އުތުރަށް ވަރަށް ވިއްސާރަ، ދެ ރަށެއްގައި ފެންބޮޑުވެއްޖެ
ކުޅުދުއްފުށީގައި ބިދޭސީން ތިބޭ ބްލޮކެއް އަނދާ އަޅިއަށް
ފަހަތުންއަރައި އިހަވަންދޫ ބަލިކޮށް ދިއްދޫ ލީޑުފުޅާކޮށްފި
ކުޅުދުއްފުށި ބަލިކޮށް ދިއްދޫ އެއްވަނައަށް ޖެހިލައިފި