އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ދެ ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
13 އޮކްޓޯބަރ 2023
އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ދެ ރަށެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. ދިއްދޫ އަދި ހދ. ފިނޭއަށް ބޯކޮށް ވާރޭވެހި، އެ ދެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
ޕަމްޕު ބޭނުންކޮށްގެން އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ހދ. ކުޅުދުއްފުށި ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ހއ. ދިއްދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
އުތުރުގެ ރަށްތަކަށް މިހާރުވެސް ވިއްސާރަ ކުރަމުން ދާއިރު މެޓުން ވަނީ މިރޭ 8:00ގެ ނިޔަލަށް، ހއ. އިން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.
ހދ. ފިނޭގައި ފެންބޮޑުވުމުން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ތިން މޭލާއި 10 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
ހއ. ދިއްދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
އަދި ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ. އުތުރުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭން 21 ގަޑިއިރުތެރޭ 30،569 ޓަނު ފެން ހިންދި
އެހީތެރިކަން ބޭނުންވާ ނަމަ އަންގަން އެދިއްޖެ
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ހަތަރު މީހުންނާ އެކު ގެއްލުނު ދޯންޏާ ގުޅިއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް، އޮރެންޖު އެލާޓް ނެރެފި
ވިއްސާރައާ ހެދި އަމީނީމަގުގެ މަސައްކަތް މެދުކަނޑާލައިފި
ބޯކޮށް ވާރޭ ވެހި ނައިފަރު އަނެއްކާވެސް ފެނު އަޑީގައި
ތިން ގަޑިއިރުން ނައިފަރު ފެނު އަޑީގައި
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން