އެހެން ގައުމުތަކާ ހިލާފަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ނޭދެވޭ އަސަރުތައް ކުރަމުންދާތީ އެކަންކަން ކުޑަކުރުމަށް ފިޔަވަޅު އަޅަން ރާއްޖެއަށް މަޖުބޫރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
12 ޑިސެމްބަރ 2020
އެހެން ގައުމުތަކާ ހިލާފަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ނޭދެވޭ އަސަރުތައް ކުރަމުންދާތީ އެކަންކަން ކުޑަކުރުމަށް ފިޔަވަޅު އަޅަން ރާއްޖެއަށް މަޖުބޫރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އިން އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޫސުމީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަން ކުޑަކުރަން ކުރާ މަސައްކަތުގައި ރާއްޖެ އޮތީ ދިމާވާނެ ދަތިތަކާ ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެން ކަމަށެވެ. އެ މަނިކުފާނު ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއް ކުރާ ގައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ ރާއްޖެއަށް 2030 ވަނަ އަހަރު ހިސާބުގައި "ނެޓް ޒީރޯ" އާ ހަމައަށް ވާސިލްވެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެފަދަ ލަނޑުދަނޑިއެއް ހާސިލްކުރާއިރު، ބޭރުގެ ފަރާތްތަކުން މީގެ ކުރިން ރާއްޖެ ފަދަ ގައުމުތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަންނީ އަދި މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން ކުރެވެން ހުރި މަސައްކަތްތަކެއް ކުރަމުންދާނެކަން ހާމަކުރައްވައި އެހެން ގައުމުތަކުން ވެސް އެ ކަމުގައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ހުރިހާ ގައުމަތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ދުނިޔެ ހޫނުވަމުންދާ މިންވަރު މައްޗަށް ނުގޮސް ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ނުހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ސަމިޓަކީ މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން ގައުމުތަކުން ނިންމާފައިވާ މުހިއްމު ނިންމުންތައް އަދި އެކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭނުތައް ހިއްސާކުރުމަށް ފަހިވެގެންދާނެ ސަމިޓެކެވެ. މި ސަމިޓް މަގުފައިވެގެންދާނީ އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އިން އަންނަ އަހަރު ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕާޓީސް (ސީއޯޕީ) ގެ 26 ވަނަ ސެޝަނަށެވެ.
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
އަންނަ އަހަރު ޕްލާސްޓިކްގެ 13 ބާވަތެއް މަނާވާނެ
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ
އަންނައަހަރު ރާއްޖެއަށް ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަނީ
ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރަނީ
މިއަދު މިފެށީ ކަނޑުތަކުގެ ބޯހިމެނުމެއް: ރައީސް
އީޕީއޭ މިނިވަން ތަނަކަށް ހަދާނަން: ރައީސް
ރާއްޖެ ފެހިކުރުމުގެ ބޮޑު ހަރަކާތް ފަށައިފި