ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި، ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށް، އެ ތަކެތީގެ ލިސްޓު މިއަދު މަނާކޮށްފި އެވެ.
29 ޑިސެމްބަރ 2021
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި، ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާކޮށް، އެ ތަކެތީގެ ލިސްޓު މިއަދު މަނާކޮށްފި އެވެ.
ގާނޫނުގެ ދަށުން، މިދިޔަ ޖޫން 1 އިން ފެށިގެން ނުވަ ބާވަތެއްގެ ތަކެތި މަނާކުރަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ގަރާރެއް ނެރުއްވި އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެތި އެތެރެކުރުން މަނާކުރާ ތާރީހު ފަސްކުރި އެވެ.
އާ ލިސްޓު ނެރެފައިވަނީ، ކުރިން ފަސްކުރި ބާވަތްތައް އެތެރެކުރުން މަނާކުރާ ތާރީހު ހިމަނައިގެންނެވެ.
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
2- ޕްލާސްޓިކް ކާ ތައްޓާއި ސަމްސާ، ވަޅި، އޫ އަދި ޕްލާސްޓިކް ދަނޑިކޮޅު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
3- ކާއެއްޗެހި ބަންދުކުރާ ސްޓައިރަފޯމް ފޮށި: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
5- ފަންސާސް މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2023 އިން ފެށިގެން
6- ސުޕާރި ޕެކެޓު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
7- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި. ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
8- ޕްލާސްޓިކް ދަނޑި ހުންނަ ކަފަބުރު: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
9- ފަންސާސް މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯންޏާއި ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ ޖޫން 1، 2022 އިން ފެށިގެން
10- ފަންސާސް މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކް ފުޅީގައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2023 އިން ފެށިގެން
11- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ ސެޕްޓެމްބަރު 1، 2022 އިން ފެށިގެން
12- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި: ބާޒާރަށް ނެރުން މަނާވާނީ މާޗު 1، 2024
13- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް: ބާޒާރަށް ނެރުން މަނާވަނީ ސެޕްޓެމްބަރު 1، 2022 އިން ފެށިގެން.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކައިލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ
އަންނައަހަރު ރާއްޖެއަށް ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
މަނާ ޕްލާސްޓިކުގެ ލިސްޓު އާ ގާނޫނުގެ ދަށަށް!
8 ބާވަތެއްގެ ޕްލާސްޓިކް މަނާ
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
"ޕްލާސްޓިކާ ނުލައި" ކެމްޕެއިން ލޯންޗުކޮށްފި